ޚަބަރު

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި 61 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ

ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 61 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އެ ސަރަހައްދުގައި ހުންނަ ފުލުހުންގެ އިދާރާއަށް މާޗް 25 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި ހަމަ އެދުވަހު އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް އެ އިދާރާއިން ބުނެ އެވެ.

މި މީހާ ހައްޔަރު ކޮށްފައި ވަނީ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކަކީ އެ އިދާރާއިން ވަރަށް ސީރިއަސްކޮށް ބަލާ މައްސަލަތަކެއް ކަމަށް ފުލުހުން ބުނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!