ކޮވިޑް-19: ވިލިމާލޭގެ މަގުތައްވެސް ޑިސްއިންފެކްޓު ކުރަން ފަށައިފި
ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ވިލިމާލޭގެ މަގުތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފް އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ވިލިމާލޭގެ މަގުތައް ޑިސްއިންފެކްޓު ކުރަން މިއަދު ފަށާފައިވާއިރު އިއްޔެ ވަނީ ހުޅުމާލޭގެ މަގުތައް ވެސް ދޮވެ ސާފު ކޮށްފައެވެ. އަދި މީގެ ކުރިން މާލޭ ސިޓީގެ މަގުތައްވެސް ވަނީ ޑިސްއިންފެކްޓު ކޮށްފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މަގުތައް ޑިސްއިންފެކްޓު ކުރުމަށް ކްލޮރިން ފެން ބޭނުން ކުރަނީ އެޗްޕީއޭގެ ލަފާގެ މަތިން އެންވަޔަރަމެންޓް މިނިސްޓްރީއާ ވެސް ވާހަކަ ދައްކައި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަކަށް ކަމަށެވެ.
Ads by Allied Insurance