ޚަބަރު

ޒަހަމްތަކަކާއެކު މަރުވެފައި އޮތް މީހަކު ފެނިއްޖެ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
އައިޖީއެމްއެޗް ހޮސްޕިޓަލު/ ފޮޓޯ: ދެން އިމޭޖްސް

ޒަހަމަތްކަކާ އެކު މަރުވެފައި އޮތް މީހަކު މާލެއިން ފެނިއްޖެ އެވެ.

Ads by Sosun Fihaara

މީޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ޒަހަމްތަކަކާއެކު އޮތް މީހަކު އައިޖީއެމް ހޮސްޕިޓަލަށް މިއަދު ފަތިހުގެ ވަގުތެއްގައި ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"އައިޖީއެމްއެޗަށް ގެންދިޔައިރުވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަރުވި މީހާ އަކީ މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސްގެ މުވައްޒަފެއް ކަމަށެވެ. އެކަމާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހިިއްސާއެއް ނުކުރެ އެވެ.

  1. ދޮޅޭޑާވޯ

    މިކަންވެސް ދާނީ ފަބުފުލުން ހެންހީވަނީ މިއީ ފަހުޒަމާން ކަން ހަނދާން ކުރަންވީ