ޚަބަރު

ރިސޯޓުތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފަތުރުވެރިންތަކެއް ވީއައިއޭ އެއާޕޯޓުގައި/ ފޮޓޯ: ދެން

ރިސޯޓުތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުވާ ގޮތަށް ގަވާއިދު އިސްލާހުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފި އެވެ.

Ads by Hajj Corporation

ބޭންކަށް މާރުކުރަން މަޖުބޫރުކުރަން

އާ ގަވާއިދާ އެކު ކެޓަގަރީ އޭ ޓޫރިސްޓު ވިޔަފާރިތަކުން މީލާދީ މަހެއްގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހަަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ދައްކަން ޖެހޭނެ އެވެ. އެ އުސޫލުން ކެޓަގަރީ ބީން ދައްކަން ޖެހޭނީ 25 ޑޮލަރުގެ ރޭޓުންނެވެ.

ކެޓަގަރީ އޭގެ ޓޫރިސްޓު ވިޔަފާރިއަކަށް އެ އަދަދަށް ފައިސާ ނުލިބޭނަމަ މީރާއަށް ހުށަހެޅުމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އެ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ގަވާއިދުގައި ބުނާ އަދަށް ވުރެ ދަށް އަދަދެއް އެ ވިޔަފާރިއަކަށް ކަނޑައެޅުމުގެ ބާރު އެމްއެމްއޭއަށް ލިބިގެންވާ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

އެ ހުއްދަ ދިނުމުގައި ބެލޭނެ ކަންކަމުގެ ތެރޭގައި ހުރީ:

  • ބޭރު ފައިސާއިން އަދާކުރަން ޖެހިފައިވާ ޓެކްސް
  • މާލީ އިދާރާތަކަށް ބޭރު ފައިސާއިން އަދާކުރަން ޖެހިފައިވާ ދަރަނި
  • ކޯޓު ހުކުމެއްގައި ދެއްކުމަށް ކަނޑައެޅިފައިވާ ބޭރު ފައިސާގެ އިލްތިޒާމުތައް
  • އޮތޯރިޓީން ހުއްދަ ދޭ އެހެން ވެސް ބޭރު ފައިސާގެ އިލްތިޒާމުތައް

ގަވާއިދުގައި ބަޔާންކުރާ މި މާއްދާތަކާ ހިލާފުވާ ވިޔަފާރިތައް 5،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން އެމްއެމްއޭން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!