ޚަބަރު

ފައިސާ މާރުކުރަން ބިދޭސީންނަށް ނުތިބެވޭ ގޮތް ހަދާ, އުސޫލު ހަރުކަށި ކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ބޭރު ފައިސާ ގަނެ ވިއްކުމަށް އެމްއެމްއޭއިން ލައިސެންސް ދޫކުރަމުން އައި އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް ހުއްދަ ދޫކުރާ އުސޫލު ހަރުކަށިކޮށްފި އެވެ.

Ads by STELCO

ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއުކޮށް އަމަލުކުރަން ފެށި "މަނީ ޗޭންޖިންގެ އާ ވިޔަފާރިއާ ބެހޭ ގަވައިދު"ގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ހިންގާ ބޭންކުތައް ފިޔަވައި އެއްވެސް ފަރާތަކުން ރާއްޖޭގައި ބޭރު ފައިސާ  ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރަން ވާނީ އެމްއެމްއޭގެ ގާނޫނުގެ ދަށުން އެ ވިޔަފާރިކުރުމަށް ދޫކުރާ ޓިއާ 1 މަނީ ޗޭންޖިން ވިޔަފާރިކުރުމުގެ ލައިސަންސް ލިިބިގެން ކަމަށެވެ.

ޓިއަ 1 މަނީ ޗޭންޖިން ލައިސަންސް އަކީ ބޭރުފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސެވެ.

ގަވައިދުގައި ބުނެފައިވާ ގޮތުގައި ޓިއާ މަނީ ޗޭންޖިން ލައިސަންސް ދޫކުރެވޭނީ ކުންފުނީގެ ގާނޫނުގެ ދަށުނ،ް ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމަށް އުފައްދައިފައިވާ ކުންފުންޏަކަށް ކަމަށެވެ. ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް ސަރުކާރުގެ 50 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއް ފިޔަވައ،ި އެގޮތުން އުފައްދާ ކުންފުންޏެއްގެ ހަގީގީ ވެރިފަރާތްވާންވާނ،ީ ދިވެހި ރައްޔިތަކަށް ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ގަވައިދުގައި ބުނެފައިވާ ގޮތުގައި ޓިއާ 1 މަނީ ޗޭންޖިން ލައިސަންސް ލިބިފައިވާ ވިޔަފާރީގައި
ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުން ވެސް ވާންވާނީ ދިވެހި ރައްޔިތުންނަށެވެ.

ޓިއާ 1 ލައިސަންސްއަށް ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި މަކަރާއި ހީލަތ،ް ހިޔާނާތ،ް މަނީ ލޯންޑްރިން، ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށެއް ނުވަތަ މިނޫންވެސް ކުށެއް ކޮށްފައި ނުވުން ހިމެނެ އެވެ. އަދ،ި އެފަދަ ކުށަކަށް މަގުފަހިވެދާނެ އެއްވެސް ކަމެއް ވެސް ކޮށްގެން ނުވުން ހިމެނެ އެވެ.

އެގޮތުން ޓިއަތަކަކަށް ބަހާލާފައިވާއިރު  ޓިއާ 1 ލައިސަންސްގެ މުއްދަތަކީ 5 އަހަރެވެ. އަދި އެ ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުން ވެސް ވާންވާނީ ދިވެހި ރައްޔިތުންނަށެވެ. އެފަދަ ވިޔަފާރިއަކުން ދުވާލެއްގެ މައްޗަށް އެއް ކަސްޓަމަރަކަށް ނަގުދު ފައިސާއިން އެންމެ ގިނަވެގެން މުއާމަލާތްކުރެވޭނީ 50،000 ރުފިޔާ ނުވަތަ އެއާ އެއްވަރުގެ ބޭރު ފައިސާގެ އަދަދަކަށެވެ.

އެ ގަވާއިދުގައިވާ ގޮތުން ޓިއާ 1 މަނީ ޗޭންޖިން ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ހުރިހާ މުއާމަލާތްތަކެއް މޮނިޓާ ކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ގާއިމު ކުރަންވާނެ އެވެ.

އަދި ޓިއާ 2 ލައިސަންސް ލިބޭނީ ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓު ރިޒޯޓް ހިންގަން ހުއްދަ ނުވަތަ ލައިސަސް ލިބިފައިވާ ކުންފުންޏަކަށެވެ.

ޓިއާ 2 ލައިސަންސްގެ މުއްދަތަކީ ޓޫރިސްޓް ރިޒޯޓް ހިންގަން ލިބިފައިވާ ހުއްދައިގެ ނުވަތަ ލައިސަންސްގެ މުއްދަތެވެ. އެ ފަރާތްތަކުން ބޭރު ފައިސާ ވިއްކުމުގެ މުއާމަލާތް ކުރަންވާނީ ބޭންކެއް މެދުވެރިކޮށް ކަމަށް ގަވައިދުގައިވެ އެވެ.

Ads by Ooredoo