ދުނިޔެ

"ކޮވިޑް19 އަކީ ކޯފާއެއް"

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް 19 އަކީ ހެއްދެވި ފަރާތުން ފޮނުއްވި ކޯފާއެއް ކަމަށް ޒިމްބާބްވޭގެ ޑިފެންސް މިނިސްޓަރ ބުނެފިއެވެ.

Ads by WAMCO

ރެލީއެއްގައި ވާހަކަ ދައްކަމުން އޭނާ ބުނީ، މި ވައިރަސްއަކީ އެމެރިކާ އަދި ޔޫރަޕްގެ ޤައުމުތަކުން ލާއިންސާނިއްޔަތުގެ އަމަލުތައް ހިންގަމުންދާތީ، އެކަމާ ހެދި ފޮނުއްވި ކޯފާއެއް ކަމަށެވެ. އަދި ވައިރަސް އަކީ އެދެޤައުމުން ޒިމްބާބުވޭ އާދެކޮޅަށް އަޅާފައިވާ ލާއިންސާނީ ފިޔަވަޅުތަކުގެ ސަބަބުން އެމީހުންނަށް ޖައްސަވާފައިވާ ކޯފާއެއް ކަމަށްވެސް އޭނާ ބުންޏެވެ.

"އެމީހުން ބޭނުންވީ އަހަރެމެން، އަހަރެމެންގެ ޤަައުމުގައި ބަންދު ކުރަން، އެމީހުން މިއަދު އެތިބީ އެމީހުންެގެ ޤައުމުގައި ބަންދުވެފައި. އަހަރެމެންގެ އިޤްތިޞާދު ފުނޑާލި މީހުންގެ އިޤްތިޞާދު މިވަނީ ފުނޑިފައި" އޭނާގެ ވާހަކައިގައި ބުންޏެވެ.

2017 ވަނަ އަހަރު ޒިމްބާބުވޭގެ ވެރިކަން ބަޤާވާތަކުން، އަސްކަރިއްޔާއިން ވަނީ ހޯދާފައެވެ. އޭރު އެޤައުމުގެ ވެރިޔަކަށް ހުންނެވި މުގާބޭ ވެރިކަމުން ދުރުކުރުމުން، އެމެރިކާ އަދި އީޔޫ އިންވަނީ އެޤައުމާ ދޭތެރޭ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!