އިންޑިއާގެ އީޒް މައި ޓްރިޕްއިން އަލުން ރާއްޖެއަށް ބުކިންތައް ފަށައިފި
                                                        އިންޑިއާގެ މަޝްހޫރު ޓްރެވަލް އެޖެންޓް އީޒް މައި ޓްރިޕްއިން އަލުން ރާއްޖެއަށް ބުކިންތައް ފަށައިފި އެވެ.
އީޒް މައި ޓްރިޕްއިން ރާއްޖެއަށް ބުކިންތައް ހުއްޓާލީި މި އަހަރު ކުރިކޮޅު ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާ އަށާއި އެ ގައުމުގެ ބޮޑޮވަޒީރު ނަރެންދުރަ މޯދީ އަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި ދަނޑިވަޅު އެވެ.
އޭރު އިޒްމައިޓްރިޕުން ބުނީ އިސްކުރާނީ ގައުމު ކަމަށެވެ.
ނަމަވެސް މިހާރު އިންޑިއާއާއި ރާއްޖޭގެ ގުޅުން ރަނގަޅުވެފައިވާތީ އަލުން ބުކިންތައް ފެށީކަމަށް އެ ކުންފުނިން ވަނީ އިއްޔެ ބުނެފައިވެ އެވެ.
އިންޑިއާއާއި ރާއްޖެއާއި ގުޅުން ގޯސްވި ދުވަސްވަރު ރާއްޖެ އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް ދަށްވި އެެވެ.
Ads by Ooredoo
 
 
            
                    
            
                    
            
                    
            
                    