ބޭރު ދުނިޔެ

ކޯވިޑް 19 ވައިރަސް ފޯނުގައި 9 ދުވަހު ދިރިހުރޭ

ދެން އެމްވީ

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19ގެ ބަލި ޖައްސާ ވައިރަސް ފޯނުގައި މަރުނުވެ ބަރާބަރު 9 ދުވަހު ދިރި ހުންނަ ކަން ދިރާސާ އަކުން ދައްކައިފިއެވެ.

ގްރިފްތު ޔުނިވަރސިޓީގެ އިންފެކްޝިއަސް ޑިސީސް އެންޑް އިމިނިއޮލޮޖީ ސްޕްޝަލިސްޓެއް ކަމަށްވާ، ޕްރޮފެސަރ ނިގެލް އެމްސީ މިލަން ބުނީ ކޯވިޑް 19 ގެ ވައިރަސް މޯބައިލް ފޯނުގައި 9 ދުވަސް ވަންދެން މަރުނުވެ ދިރި ހުންނަ ކަމަށާއި އެކަމަށް ސަމާލު ވާން ޖެހޭ ކަމަށެވެ.އެގޮތުން އަހަރެމެން މޯބައިލް ފޯނުގައި ދުވާލަކު މަދުވެގެން 2617 ފަހަރު އަތްލާނެ ކަމަށާއި އެހެންކަމުން ފޯނު ސާފުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ކޯވިޑް 19 ފަތުރާ ވައިރަސް ފޯނު އެއްޗެހީގައި ބޭނުންކުރާ ތުނި ބިއްލޫރި އަދި ޕްލާސްޓިކްގައި 9 ދުވަހު އެ ފޯނު ގެންގުޅޭ ތަނެއްގެ ހާލަތް ހުންނަ ގޮތުން ދިިރިހުރެއެވެ.

ޕްރޮފެސަރ އެމްސީމިލާން ބުނީ، އެހެން ކަމުން މިދުވަސްކޮޅު ބޭރަށް ގޮސް އެކި ތަންތަނުގައި ފޯނު ބޭއްވުމާއި ދުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތަށް ބޭރަށް ގޮސް ފޯނު ތަންތަނުގައި ބާއްވާ ނަމަ، ފޯނު ސާފުކުރުމަށް ވެސް އޭނާ އިލްތިމާސް ކުރިއެވެ. މީގެ އިތުރުން ފޯނުގައި އެހެން މީހަކު އަތްލިޔަސް ފޯނު ސާފުކުރުމަކީ ބުއްދިވެރި ކަމެއް ކަން ޕްރޮފެސަރ ފާހަގަކުރިއެވެ.

ސިއްހީ ތަޖްރިބާކާރުން ވަނީ 60 އިންސައްތަ އަލްކްހޯލް ހިމެނޭ ސެނިޓައިޒަރ ތައް ކޯވިޑް 19 އިން ރައްކާތެރިވުމަށް ބޭނުން ކުރުމަށް އެދިފައެވެ. މީގެ އިތުރުން އަތް ސެނިޓައިޒް ކުރުމަށްވުރެ ރަނގަޅު ގޮތަކީ ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން ކަން ފާހަގަ ކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!