ދެކުނުގެ އަތޮޅުތަކަށް ނެރުނު ޔެލޯ އެލާޓް ދަންމާލައިފި

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު ފަތިހު ނެރުނު ޔެލޯ އެލާޓް، މިއަދުގެ މެންދުރާއި ހަމައަށް މޯލްޑިވްސް މީޓިރޮލޮޖިކަލް ސެންޓާ (މެޓް) އިން ދަންމާލައިފި އެވެ.
ޔެލޯ އެލާޓް ނެރެފައިވަނީ ގއ އަތޮޅުން ފެށިގެން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާ ހަމައަށެވެ. މި ސަރަހައްދަށް ސަމާލު ނެރެފައިވަނީ މިއަދުގެ 12:30 ގެ ނިޔަލަށެވެ.
އެ ވަގުތުގައި ބޯކޮށް ވާރޭވެހި ގުގުރުން، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އިން ވަނީ ލަފާކޮށްފަ އެވެ.
ގއ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް ކުރިން ޔެލޯ އެލާޓް ނެރިފައިވަނީ 5:30 އިން ފެށިގެން ހެނދުނު 8:30 ށެވެ.
ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް މި ހަފްތާގައި ދަނީ ވިއްސާރަ ކުރަމުންނެވެ. އަދި މި ވިއްސާރައާ ގުޅިގެން މިދިޔަ ހަފްތާގައި މެޓް އިން ބުނީ މިހަފްތާގައި ކޮޅު ގަނޑުގައި ވިއްސާރަ ކުރާނެ ކަމަށެވެ.