ރިޕޯޓް

އަހަރެންގެ މަންމަ އަހަންނާއި ދުރުގައި ހުންނަނީ ތިބޭފުޅުންނަށްޓަކައި، ގޭގައި މަޑުކޮށްލަދީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ ބަލިމަޑުކަން ފެތުރެމުންދާ މިދަނޑިވަޅުގައި ގޭގައި މަޑުކުރުމަކީ މި ބައްޔަށް އެޅެން އޮތް އެންމެ ރައްކާތެރި ފިޔަވަޅުކަމުގައި ގިނަ ސިއްހީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. ކޮރޯނާ ވައިރަސް މައިގަނޑު ގޮތެއްގައި ފެތުރެނީ، ބަލި ޖެހިފައި ހުންނަ މީހަކު ކެއްސައި ކިނބިހި އަޅާއިރު ވައިގެ ތެރެއަށް ދޫކޮށްލާ ކުޅު ތިކިތައް އެހެން މީހުން ނޭވާލާއިރު ހަށިގަނޑުގެ ތެރެއަށް ވާސިލް ވެގެންކަމަށް ވުމާއެކު ސޯޝަލް ޑިސްޓެންސިން ނުވަތަ އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.

Ads by STELCO

ނަމަވެސް ކޮންމެ މީހަކީ އަދި ގޭގައި މަޑުކުރެވޭނެ މީހެއް ވެސް ނޫނެވެ. މީގެ ތެރޭގައި ރެޔާއި ދުވާލު އަހަރެމެންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ހިމެނެއެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެހެނިހެން މުވައްޒަފުން ހިމެނެއެވެ. ފަސްޖެހުމެއްނެތި ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ފުލުހުންނާއި ސިފައިން ހިމެނެއެވެ. އެއާޕޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ރިސޯޓު މުވައްޒަފުންވެސް ހިމެނެއެވެ.

ކަން މިހެން އޮތްއިރު ގޭގައި މަޑުކުުރެވެން އޮތް މީހާ ގޭގައި މަޑު ނުކުރެވެންވީ ކީއްވެހެއްޔެވެ؟ މި ދަނޑިވަޅުގައި ގޭގައި މަޑުކުރަން ލިބުމަކީ ވެސް ލިބިފައިވާ ނިއުމަތެއް ނޫން ހެއްޔެވެ؟ އާއިލާއާއި ދުރުގައި އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތް ކުރާ ހީވާގި މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ވެސް ގޭގައި މަޑުކޮށްނުލެވެނީ ހެއްޔެވެ؟

ދާދި ފަހުން މީސް މީޑިއާގައި ދައުރުވި ފޮޓޯއެކެވެ. ގިނަ ބައެއްގެ ސަމާލުކަން ހޯދި މި ފޮޓޯއިން ފެންނަނީ ކުޑަ ކުއްޖެއް ބޯޑެއް ހިފައިގެން ހުންނަތަނެވެ. ބޯޑުގައި އިނގިރޭސި ބަހުން " އަހަރެންގެ މަންމަ އަކީ ޑޮކްޓަރެއް، އަހަރެން ގެ މަންމަ އަހަންނާއި ދުރުގައި ހުންނަނީ ތިބޭފުޅުންނަށްޓަކައި، އަހަރެންގެ މަންމަ އަށްޓަކައި ނަމަވެސް ގޭގައި މަޑުކޮށްލަދީ" މިހެން ލިޔެފައިވެއެވެ. ކުރު އިބާރާތް ކޮޅެއް ނަމަވެސް ގިނަ ބަޔެއްެ ހިތްތަކުން ޖާގަ ހޯދިއެވެ. މީސް މީޑިއާގައި ވައިރަލް ވެގެންދިޔައީ އިސާހިތަކުއެވެ.

މިފަދަ އެތަކެއް ކުޑަ ކުދިންނެއް އުޅޭނެކަން ޔަގީނެވެ. އެކުދިންގެ މިފަދަ މެސެޖުތަކަކީ ހަމައެކަނި މީސް މީޑިއާގައި ޝެއަރ ކޮށްލާ ޕޯސްޓަކަށް ހަދާލުމުގެ ބަދަލުގައި އެއަށް އަމަލު ކުރުމަކީ ވެސް މުހިންމު ކަމެކެވެ.

ފިނި ބުރުތަކާއި ކޮފީ ތަކަށް ނުގޮސް ގޭގައި މަޑުކޮށްލައިގެން އަމިއްލަ ރައްކާތެރިކަމާއި އެހެން މީހުން ގެ ރައްކާތެރިކަން ވެސް ޚިޔާރުކުރައްވާށެވެ. ފަރުދީ ޒިންމާ އަދާކުރައްވާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!