ލައިފްސްޓައިލް

ސިއްހީ ހިދުމަތްތެރިންނަށް ކައިލީ ޖެނާގެ 1 މިލިއަން ޑޮލަރުގެ އެހީއެއް

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެންމެ ހަގު ބިލިއަނަރުންގެ ތެރޭގައި ހިމެނޭ 22 އަހަރުގެ ކައިލީ ޖެނާގެ ދީލަތި އެހީއެއް ކޮވިޑް19 އާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ސިއްހީ ހިދުމަތްތެރިންނަށް ދީފިއެެވެ.

Ads by STELCO

ޓީއެމްޒެޑް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކައިލީ ވަނީ 1 މިލިއަން ޑޮލަރުގެ ފޭސް މާސްކާއި، ފޭސް ޝީލްޑް ގެ އިތުރުން އެހެނިހެން ރައްކާތެރިކަމުގެ ގިއަރުތައް ހަދިޔާކޮށްފައެވެ.

ކައިލީ ގެ މި އެހީ ހަދިޔާކޮށްފައިވަނީ އޭނާ ދިރިއުޅޭ ކެލިފޯނިއާގެ ހޮސްޕިޓަލަކަށެވެ. މި ހޮސްޕިޓަލަކީ ކައިލީ އޭނާގެ ހަމައެކަނި ދަރިފުޅު ސްޓޯމީ ވެބްސްޓަރ އުފަންވި ހޮސްޕިޓަލުކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

ސްޓޯމީ ވިއްސި ޑޮކްޓަރުވަނީ ކައިލީ އަށް ޝުކުރުވެސް އަދާކޮށްފައެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ގާތުގައި މަސައްކަތް ކުރާ ސިއްްހީ ހިދުމަތްތެރިންނަށް ބޭނުންވާ ރައްކާތެރިކަމުގެ ސާމާނު ނުލިބިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެކަމަށާއި އެ އެހީތެރިކަމަކީ ކައިލީ ގެ ފަރާތުން އައި އެހީއަކަށްވުމާއެކު ބުނާނެ އެއްޗެއް ވެސް ނޭނގޭކަމަށާއި ވަރަށް އުފާވާ ކަމަށެވެ. މި އެހީއިން އެތައް ބައެއްެގެ ފުރާނަ ސަލާމަތްވާނެ ކަމަށް ބުނަމުން ޑޮކްޓަރު ވަނީ ކައިލީ އަކީ އޭނާގެ ހީރޯގެ ގޮތުގައި ސިފަކޮށްފައެވެ.

ކައިލީ ޖެނާ ވަނީ މީގެ ކުރިން އޭނާގެ އިންސްޓަގްރާމް ގައި އޭނާގެ ފޭނުންގެ އަރިހުން ގޭގައި ތިބުމަށް ވެސް އެދިފައެވެ. އަދި އޭނާ ވެސް ހުރީ ގޭގައި އެކަހެރި ވެގެން ކަމުގައި ވެސް ބުނެފައިވެއެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމަުން އަރައިގަތުމަށް ގިނަ ސްޓާރުންނާއި މަހުޖަަނުން ދަނީ އެކިވަރުގެ އެހީތައް ވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!