ޓްރެފިކް މައްސަލައަށް ލުޔެއް ހޯދަން މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެންނަނީ

މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ލުޔެއް ހޯދުމަށް ވަކި ސައިޒަކަށްވުރެ ބޮޑެތި އުޅަނދުފަހަރުން މުދާ އުފުލުމަށް ކަނޑައަޅާފައިވާ ގަޑިތަކަށް ބަދަލު ގެންނަން ނިންމައިފި އެވެ.
ސަރުކާރުން ހިންގާ "ސަރުކާރު" ނޫހުގައި މިއަދު ޝާއިއުކޮށްފައިވާ ހަބަރެއްގައި ބުނެފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އެ ބަދަލުގެންނަން ނިންމާފައިވަނީ މާލެ ފަހި ޕްރޮގްރާމްގެ ދަށުން ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ބަދަލާއެކު ވަކި ސައިޒަކަށްވުރެ ބޮޑެތި އުޅަނދުފަހަރުން މުދާ އުފުލުމުގެ ގަޑިތައް ރޭގަނޑު 8 އިން ފެށިގެން ފަތިހު 5 އަށް ބަދަލުކުރެވޭނެ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ބަދަލު ގެނައުމުން މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ފާހަގަކުރެވޭ ލުޔެއް ލިބޭނެކަމަށް އުންމީދުކުރާ ކަމަށެވެ.
އަދި ދުވާލުގެ ވަގުތުތަކުގައި މަގުމަތީގައި ދުއްވާ ބޮޑެތި އުޅަނދުފަހަރުގެ އަދަދު މަދުވުމާއެކު އާންމު ރައްޔިތުންނަށް ފަސޭހައިން ހިނގާބިނގާވެ އަދި ދަތުރުފަތުރު ކުރެވޭނެ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ބުންޏެވެ.
އެ ބަދަލު ގެނައުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީއާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ހުރިހާ ފަރާތްތަކުގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ބަދަލު ގެންނަން ނިންމާފައިވާއިރު ޓްރެފިކް މައްސަލައަށް ލުއެއް ހޯދުމަށްމާލެ ސަރަހައްދުގައި ކުނި އުކާލާ ގަޑިތަކަށް ބޮޑު ބަދަލެއް ގެނައުމަށް ވެސް ނިންމާފައިވެ އެވެ.
ވވ ރަގަޅު ކަމެއް