ސްވީޑަންގައި ޗައިނާގެ 100 އަށްވުރެ ގިނަ 'ޔުނައިޓެޑް ފްރަންޓް' އޮޕަރޭޝަން ހިންގާ: އެމެރިކާ

ސްވީޑަންގައި ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން 100 އަށްވުރެ ގިނަ 'ޔުނައިޓެޑް ފްރަންޓް' އޮޕަރޭޝަން ހިންގާކަމަށް އެމެރިކާގެ ދިފާޢީ ތިންކް ޓޭންކަކުން ހާމަކޮށްފިއެވެ. މި ރިޕޯޓު ނެރެފައިވަނީ އެމެރިކާގެ ނުފޫޒުގަދަ ދިފާޢީ ތިންކް ޓޭންކެއް ކަމަށްވާ ހަޑްސަން އިންސްޓިޓިއުޓުންނެވެ.
ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަންތަކުގެ މަޤްޞަދަކީ ސްވީޑަންގެ ސިޔާސީ އަދި އިޖްތިމާޢީ ދާއިރާތަކަށް ނުފޫޒު ފޯރުވައި، ޗައިނާގެ މަޞްލަޙަތުތައް ކުރިއެރުވުމެވެ. މީގެ ތެރޭގައި ސްވީޑަންގެ ސިޔާސަތު އެކުލަވާލުމުގައި ބައިވެރިވުމާއި، ޗައިނާއާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުގެ އަޑު މަޑުކުރުން ހިމެނެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަންތައް ހިންގަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޔުނައިޓެޑް ފްރަންޓް ވޯކް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުންނެވެ. މި އޮޕަރޭޝަންތަކުގެ ތެރޭގައި ސަގާފީ ޖަމްޢިއްޔާތަކާއި، ވިޔަފާރި ޖަމާޢަތްތަކާއި، އަދި ތަޢުލީމީ މަރުކަޒުތައް ހިމެނެއެވެ.
މި ހޯދުންތަކުން ދައްކުވައިދެނީ ޗައިނާއިން ބޭރު ޤައުމުތަކުގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތުގެ ފުޅާ މިންވަރެވެ. މިކަމާ ގުޅިގެން ސްވީޑަންގެ ސަލާމަތީ އިދާރާތަކުން އަޅަން ގަސްދުކުރާ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޢުލޫމާތު ލިބިފައެއް ނުވެއެވެ.
ހުދު އެމެރިކާއިން ގައުމުތަކުގެ ސިއާސަތާއި ތޮޅޭވަރު ނޭގުނީތީދެރަ ގެރިއައިނުގެ ކުރީގައި ތިބޭގެރީގެ ފޫކޮޅުގައި ހުންނަގުއިމިފެންނަނީ ފަހަތުގައި އޮއްގެރިއަށް ފަހަތުގައިއޮއްގެރީގެ ފޫކޮޅުގައިހުރިގުއި އެގެރިއަކަށްނުފެނޭ ވީމާ އެމެރިކާއަށްވެސް އެވަނީއެގެރިއަށް ވީވަރުތާ