ޚަބަރު

މާވާރުލު އެއާޕޯޓަށް ދަތުރުތައް ފެށުން މަޑު ޖައްސާލައިފި

ދެން އެމްވީ ، ދެން އޮންލައިން

‏ކޮވިޑް-19އާ ގުޅިގެން ގދ. މާވާރުލު އެއާޕޯޓަށް ދަތުރުތައް ފެށުން މަޑު ޖައްސާލައިފިއެވެ.

Ads by STELCO

ޓްރާންސްޕޯޓު މިނިސްޓްރީ އިން މީގެ ކުރިން ބުނެފައިވަނީ އެ އެއާޕޯޓަށް މި މަހުގެ ތެރޭ ދަތުތުރައް ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނީ ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރުނޫން ދަތުރެއް ނުކުރުމަކީ ސަރުކާރުން އިލްތިމާސް ކުރައްވާފައިވާ ކަމެއް ކަމުގައިވާތީ ‏އާއި އައިލެންޑް އޭވިއޭޝަންގެ ދަތުރުތައްވެސް ވަރަށް ބޮޑުތަން މިވަގުތު މަދުކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މާވަރުލު އެއާޕޯޓުގެ ފްލައިޓް އޮޕަރޭޝަންސް ފެށުން މިވަގުތު ވަނީ މަޑުޖައްސާލެވިފައިވާ ކަމަށާއި އަދި ރާއްޖޭގެ ހާލަތަށް އަންނަ ހެޔޮ ބަދަލުތަކަށްބަލާ ‏މާވަރުލު އެއާޕޯޓުގެ އޮޕަރޭޝަންސް ފެށުމަށް ކަނޑައަޅާ ތާރީޚެއް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އިޢުލާން ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައިވަނީ މި މަހުގެ 11 ވަނަ ދުވަހއެވެ. ޓެސްޓު ފްލައިޓުގެ ގޮތުގައި ޖައްސާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެކެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!