ފުލުހެއް ގައިގައި ޖަހާ މާރާމާރި ހިންގި މީހަކު ހައްޔަރުކޮށްފި

ފުލުސް އޮފިސަރެއް ގައިގައި ޖަހައި މާރާމާރި ހިންގި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް ވިދާޅުވީ އެ މީހާ ހައްޔަރުކޮށްފައިވަނީ އިންދިރާ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ވަދެ ވައްކަން ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވިގެން ހުއްޓުވުމުން ކަމަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ އާންމުކޮށްފައިވާ ކޯޓު އަމުރުގައިވާ ގޮތުން އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އަހްމަދު އަލީ، ކަސްތޫރީގ/ހދ. ކުޅުދުއްފުށި (36އ) އެވެ.
ކޯޓު އަމުރުގައި ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ މާރާމާރި ހިންގި ކަމުގެ ތުހުމަތުގައި ކަމަށެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.