ދުނިޔެ

ފަގީރުންނަށް ކޯވިޑް 19 ނުޖެހޭނެ ކަމަށް ބުނި މެކްސިކޯގެ ގަވަރުނަރަކު ހޫނު ފެނަށް

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ ކޯވިޑް 19 ފަގީރުންނަށް ނުޖެހޭނެ ކަމަށް މެކްސިކޯގެ ގަވަރުނަރަކު ބުނުމުން ގިނަ ބަޔަކު އޭނާއަށް ފާޑު ކިޔަން ފަށައިފިއެވެ.

Ads by Sosun Fihaara

މެކްސިކޯގެ ޕުއެބްލާ ސިޓީގެ ގަވަރުނަރު މިގުއެލް ބާބޯސާ ވަނީ މެކްސިކޯއިން ކޯވިޑް 19 އަށް ޕޮޒިޓްވި 500 އެއްހާ މީހުންނަކީ މުއްސަނދިން ކަމަށް ބުނެފައެވެ. ސިއްހީ ދާއިރާގައި އެއްވެސް ތަޖްރިބާއެއް ނެތް ބާބޯސާ ބުނީ މުއްސަނދިންނަށް ކޯވިޑް 19 ޖެހުމުގެ ބިރު ބޮޑު ކަމަށާއި ފަގީރުންނަށް އެ ބަލި ނުޖެހޭނެ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ބުނީ ފަގީރުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ވުމެވެ.

ސިއްހީ ތަޖްރިބާކާރުން އަދި ބައެއް ސައިންސްވެރިން ވަނީ ބާބޯސާ އަކީ މޮޔައެއް ކަމަށާއި އޭނާގެ ތިއޮރީ އަކީ އެއްވެސް ތާކުން ތާކުން ނުޖެހޭ އެއްޗެއް ކަމަށްބުނެ އޭނާއަށް ރައްދު ދީފައެވެ.

މެކްސިކޯއިން ކޯވިޑް 19 ޖެހުނު ގިނަ މީހުންނަކީ އެކި ގައުމުތަކަށް ދަތުރުކުރުމުގައި އުޅުނު މީހުންގެ އިތުރުން އިޓަލީ އަދި އެމެރިކާއަށް ޗުއްޓީ ހޭދަކުރުމަށް ދިޔަ މީހުންނެވެ. އާއްމުކޮށް ފަގީރުން އެފަދަ ގައުމުތަކަށް ޗުއްޓީ ހޭދަކުރަން ގޮސް ނޫޅޭނެއެވެ. އެހެން ނަމަވެސް، ފަގީރުންނަށް ކޮރޯނާ ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަކަމެއް އެއްވެސް ދިރާސާ އަކުން ދައްކާފައެއް ނުވެއެވެ.

ޔުނިވަރސިޓީ އޮފް އީސް އެންޖެލިއާގެ އިންފެކްޝިއަސް ޑިސީސް ސްޕެޝަލިސްޓެއް ކަމަށްވާ ޕްރޮފެސަރ ޕޯލް ހަންޓާ، ބާބޯސާ އަށް ރައްދު ދެމުން ބުނީ އޭނާ ދެއްކި ވާހަކަ އަކީ ތެދެއްކަން ހާމަވާ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައިނުވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!