ދުނިޔެ

ކޮވިޑް19 ޖެހިފައިވާ އަންހެނުން ވިހާ 10 އިންސަައްތަ ކުދިން އެ ވައިރަހަށް ޕޮސިޓިވް

ދެން އެމްވީ ، ދެން އޮންލައިން

މާބަނޑު ދުވަސްވަރު މައިމީހާ ކޮވިޑް19 ވައިރަސް ޖެހިއްޖެނަމަ ދަރިފުޅަށް އޭގެ އަސަރު ކުރާ ކަމަށް ޗައިނާ ގައި ކުރި ކުޑަ ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާއިން ދައްކާ ގޮތުގައި ވައިރަހުގެ އަސަރުކޮށްފައިވާ މާބަނޑު އަންހެނުން ގެ ތެރެއިން ކޮންމެ 19 އިންސައްތަ ކުދިންވަނީ ވައިރަސް އަށް ޕޮސިޓިވް ވެފައެވެ.

Ads by WAMCO

ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގައި 33 މާބަނޑު މީހުން ހިމަނައިގެން ކުރި ދިރާސާއިން ދައްކާ ގޮތުގައި އޭގެ ތެރެއިން 3 ކުއްޖެއް ވަނީ ވައިރަހަށް ޕޮސިޓިވްވެފައެވެ. އަދި އޭގެ ތެރެއިން ވެސް 1 ކުއްޖެއްގެ ހާލު ސީރިއަސް ވެފައިވާކަމަށް ވެސް އެ ދިރާސާގެ ރިޕޯޓުގައި ވެއެވެ.

ޕޮސިޓިވް ވި ތިން ކުދިން ވެސް ވިއްސީ ސިޒޭރިއަން މެދުވެރިކޮށް ކަމަށްވާއިރު އެ ތިން ކުދިންނަށް ވެސް ނިއުމޯނިއާ ޖެހުނެވެ. ނަމަވެސް ވައިރަހުގެ އާންމު އަލާމާތްތައް ފެނިފައިވަނީ އެންމެ ދެ ކުދިންގެ ގައިންނެވެ.

ދިރާސާކުރި ފަރާތްތަކުން ބުނާ ގޮތުގައި ޑޮކްޓަރުން އެ ކުދިން ވިއްސުމަށްގަހު ބޭނުންކޮށްފައިވާ ހަރުކަށި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބޮޑަށް ބެލެވެނީ އެ ކުދިންނަށް ވައިރަސް ޖެހިފައިވަނީ މައިމީހާގެ ރަހިމުގެ ތެރޭގައި ނުވަތަ ވިހެއުމުގެ ތެރޭގައެވެ.

މީގެ ކުރިން ސިއްހީ މާހިރުން ބުނެފައިވަނީ މާބަނޑު ދުވަސްވަރު މައިމީހާގެ ފަރާތުން ބަނޑުގައިވާ ދަރިފުޅަށް މިބަލި ޖެހުމުގެ ފުރުސަތު ކުޑަކަމަށާއި ބައިގެން ދިއުމާއި ބަނޑުގައިވާ ދަރިފުޅަށް ވައިރަސްގެ ސަބަބުން ކުއްޖާ އުފެދުމުގެ އައިބުތަށް ދިމާވުމުގެ ފުރުސަތު ވެސް ކުޑަކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!