ޚަބަރު

ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓްފިކޭޝަންގެ ދަށުން 96 ހުނަރުވެރިއަކު ސަނަދު ހާސިލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އާޓިސްޓަކު ކުރަހަނީ--

ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓްފިކޭޝަންގެ ދަށުން 96 ހުނަރުވެރިއަކު ސަނަދު ހާސިލުކޮށްފި އެވެ.

Ads by MWSC

ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސަރޓިފިކޭޝަން އަކީ ރަސްމީ ނިޒާމެއްގެ ތެރެއިން ސެޓުފިކެޓެއް ނެތި، އެއްބާވަތެއްގެ ފަންނީ މަސައްކަތުގައި ނުވަތަ އެއް ވަޒީފާއެއްގައި ދެމިތިބޭ މުވައްޒަފުންގެ ކިބައިގައި ވަޒީފާގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯބަލައި، މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުސަތު އެމީހުންނަށް ހޯދައިދިނުމުގެ ގޮތުން އެފަދަ ފަންނީ މަސައްކަތްކުރާ މީހުންގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމުގެ ގޮތުން މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ގައުމީ ނިޒާމުގެ ތެރެއިން ދޭ އިމްތިހާނެކެވެ.

އެ ނިޒާމް ތައާރަފްކުރީ 2021 ވަނަ އަހަރު އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް ހަތަރު ހުނަރުވެރިއަކު އެ އިމްތިހާނުގައި ބައިވެރިވެ ސަނަދު ހާސިލްކޮށްފައިވާ ކަމަށެވެ. އަދި ޖުމްލަ މިހާތަނަށް ޖުމްލަ 96 ހުނަރުވެރި މަސައްކަތްތެރިއަކު އެ ސަނަދު ހާސިލްކޮށްފައިވާ ކަމަށެވެ.

އެއްވެސް ސަނަދެއް ނެތި ރާއްޖޭގައި އަމިއްލައަށް ކަންކަން ދަސްކޮށްގެން އެކި މަސައްކަތްތައް ކޮށްގެން އުޅޭ ގިނަ އަދަދެއްގެ ހުނަރުވެރި މީހުން އުޅޭކަން ފާހަގަކޮށްލެވެ އެވެ.