ދުނިޔެ

ކޮވިޑް19: އެންމެ ފުރަތަމަ ޕޮސިޓިވްވެފައިވަނީ ވުހާންގައި ޑިނގާ ވިއްކަން އުޅުނު އަންހެނެއް

ދެން އެމްވީ ، ދެން އޮންލައިން

2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޗައިނާގެ ވުހާން އިން ފެނުނު ކޮވިޑް19 އެންމެ ފުރަތަމަ ޖެހުނު މީހާ ނުވަތަ 'ޕޭޝަންޓް ޒީރޯ' ހޯދުމުގެ މަސައްކަތް ޗައިނާގެ ކަމާއި ބެހޭ އިދާރާތަކުން ކުރަމުން އަންނައިރު ވައިރަހަށް އެންމެ ފުރަތަމަ ޕޮސިޓިވްވެފައިވަނީ ވުހާންގެ ސީފުޑް މާކެޓުގައި ޑިނގާ ވިއްކަން އުޅުނު އަންހެނަކަށް ކަން ހާމަވެއްޖެއެވެ. މިކަން ހާމަވެފައިވަނީ ލީކުވެފައިވާ ޑޮކިޔުމެންޓަކުން ކަަމަށް ޑެއިލީ މެއިލް އިން ވަނީ ރިޕޯޓުކޮށްފައެވެ.

Ads by Sosun Fihaara

އެ ޑޮކިޔުމެންޓުގައި ވާ ގޮތުންނަމަ އެ އަންހެން މީހާ އަކީ ވުހާންގެ ސީފުޑު މާރކެޓު ކައިރީގައި ދިރިއުޅޭ އަންހެނެކެވެ. 57 އަހަރުގެ އަންހެން މީހާ ޗައިނާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި ޑިސެންބަރު މަހުގެ 11 ވަނަ ދުވަހު އޭނާ ހުން އައުމާއި ގުޅިގެން އަވަށުގެ ކުޑަ ކްލިނިކަަކަށް ދެއްކި ކަމަށާއި އިންޖެކްޝަންސް ޖަހައިގެން ވެސް ފަރުވާލެއް ނުލިބުނު ކަމަށެވެ. ކޮންމެއަހަރަކުގެ ފިނި މޫސުމުގައި އެފަދަ ހުން އަންނާތީ އެކަން މާބޮޑު ކަމަކަށް ނުހަދާ ކަމަށް ވެސް އެ އަންހެން މީހާ ބުނެފައިވެއެވެ.

އެ އަންހެން މީހާ އޭނާގެ ބަލި ސިފަކޮށްދެމުން ބުނފައިވަނީ އެހެން އަހަރުތަކާއި ހިލާފަށް އާދަޔާ ހިލާފަށް ވަރުބަލި ވާ ކަމަށް ބުނެފައިވެއެވެ. ކްލިނިކަށް ދައްކައިގެން ވެސް ފަރުވާއެއް ނުލިބުމުން ވުހާންގެ އެހެން ހޮސްޕިޓަލަކުން ވެސް އަންހެން މީހާ ވަނީ ފަރުވާ ހޯދާފައެވެ. އެ ހޮސްޕިޓާލުގެ ޑޮކްޓަރުންނަށް ވެސް ބަލި ނުހޯދި ބޭސްތަކެއް ދިންކަމަށާއި ބަލިވެ އުޅެމުން ވެސް އޭނާ ޑިނގާ ވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔަކަމުގައި ލީކުވި ރިޕޯޓުގައި އަންހެން މީހާ ބުނެފައިވެއެވެ.

ޑިސެންބަރު 16 ވަނަ ދުވަހު އަންހެން މީހާ ވުހާން ގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލަށް ދިޔައީ ވަރަށް ބޮޑަށް ބަލިވެ އެއްވެސް ވަރަކަށް މަސައްކަތް ނުކުރެވޭ ވަރުވުމުންނެވެ. އެ ހޮސްޕިޓަލަަށް އޭނާ ދެއްކިއިރު ހަމަ އެބަލި ފެނިގެން އިތުރު އެހެން މީހުން ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ޑޮކްޓަރު ބުނިކަމުުގައި ވެސް އެ ރިޕޯޓުގައިވެއެވެ.

މި އަންހެން މީހާއަކީ ވުހާން އިން ވައިރަސް އަށް އެންމެ ފުރަތަމަ ޓެސްޓުކުރި 27 މީހުންގެ ތެރެއިން އެކެކެވެ. އެންމެ ފުރަތަަމަ ބަލި ޖެހުނު މީހާ ބަލިވެފައިވަނީ ޑިސެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

މި އާ ވައިރަސް ފެތުރުނު ގޮތާއި މެދު ގިނަ ވާހަކަތަކެއް ދެކެވި ގިނަ ތަހުލީލުތަކެއް ކުރަމުން އަންނައިރު ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ވަނީ މިއީ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މިހާތަނަށް ވައިރަސް ޖެހިގެން މުޅި ދުނިޔެއިން 537,331 މީހަކު ރިޕޯޓުކޮށްފައިވާއިރު ބަލީގެ ސަބަބުން 24,136 މީހުން ވަނީ މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!