ލައިފްސްޓައިލް

ފުރަބަންދުގައި މީހަކު ފޫހިވެގެން ގަރާޖު ސާފުކުރަނިކޮށް ފެނުނު ސައިކުރައެއްގެ އަގަކީ 100,000 ޕައުންޑު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫނޭ މުސްކުޅިން ބުނެ އުޅެެއެވެ. މާވަހަރެއް ހޮވުމަކީ، ހުދު ވެލައެއް ފެނުމަކީ ނުވަތަ ވއަތު ސަންގެއް ލިބުމަކީ ނަސީބުވެރިންނަށް ވާ ކަންތައްތަކެވެ.

Ads by STELCO

ފުރަބަންދުގައި ފޫހިވެގެން އޭނާގެ ގަރާޖު ސާފު ކުރި އިނގިރޭސި ވިލާތުގެ ފިރިހެނަކަަށް ވެސް މިއޮތީ ނަސީބު ލައްވާލާފައެވެ. އޭނާއަށް ގަރާޖު ތެރެއިން ފެނުނީ ސައިކުރައެކެވެ. މި ސައިކުރާގެ އަގަކީ 1,00,000 ޕައުންޑެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 1,972,000 ރުފިޔާއެވެ. ޗައިނީޒް އެމްޕެރާއަށް ނިސްބަތްވާ މި ސައިކުރައަކީ ޗައިނާގެ ތާރީހާއި ގުޅިފައިވާ ސައިކުރައެކެވެ

އެތައް ސަތޭކަ އަހަރެއް ވެފައިވާ މި ސައިކުރަައަކީ ކުރީގެ ރަސްކަލެއްގެ އެއްޗެއް ކަމަށް ބެލެވޭ ކަމުގައި އިނގިރޭސި ވިލާތުގެ ނީލަން ހިންގާ ކުންފުންޏެއް ކަމުގައިވާ ހެންސޮންސް އޮކްޝަނިއަރސް އިން ބުނެއެވެ.

ގަރާޖުތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމުގެ ސަބަބުން މި ސައިކުރަޔަށް ހުރީ ހިރަފުސް އަރާފައެވެ. މި ސައިކުރާ ފެނުމުން 52 އަހަރުގެ މިި ފިރިހެން މީހާ ނިންމީ ނީލަން ކިޔަން ދަންނަ މާހިރަކަށް އެ ސައިކުރާ ދެއްކުމަށްފަހު އޭގެ އެންމެ މަތީ އަގު ދެނެގަތުމަށެވެ.

ހަމަ އެހެންމެ އެމީހާ ހަނދާން ހުންނަން ފެށީއްސުރެ ވެސް އެ ސައިކުރާ އޭނާގެ އާއިލާގެ ތެރޭގައި ގޭގައި ގެންގުޅޭ ކަމަށް އޭނާ ބުންޏެވެ. އަބަދުވެސް ގޭގެކެބިނެޓްގައި މަންމަ އެ ސައިކުރާ ޑިސްޕްލޭ ކޮށްފައި ބަހައްޓާ ކަމަށް ވެސް އެމީހާ ބުންޏެވެ.

މި ސައިކުރާހެންސޮންސް އޮކްޝަނަރސްގެ ފަރާތުން މި ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ސައިކުރާގެ އަސްލު އަގެއް ކަމުގައި ބެލެވޭނީ 20,000 ޕައުންޑާއި 40,000 ޕައުންޑާއި ދެމެދުގެ އަދަދެކެވެ. ނަމަވެސް ފަހަރުގައި މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ޒާތުގެ ތާރީހާއި ގުޅިފައިވާ ސައިކުރައަކަށް ވާތީ ފަހަރުގައި މި ސައިކުރާގެ އަގު 100,000 އަށް އަރައިގެން ދިއުން ގާތް ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!