މުނިފޫހިފިލުވުން

ކެޓްރީނާ އަހަރެން ވީޑިއޯއެއް ހަދަން އުޅުނު އައިޑިއާ ކޮޕީ ކުރީ: ދިޕިކާ

ދެން އެމްވީ ، ދެން އޮންލައިން

އިިންޑިއާ ލޮކްޑައުން ކުރުމާއި ގުޅިގެން، ބޮލީވުޑްގެ ސްޓާރުން ދަނީ ގޭގައި ތިބެގެން އެކި މަސައްކަތް ކުރާ ވީޑިއޯ ތައް އެމީހުންގެ ސަޕޯޓަރުންނާއި ހިއްސާ ކުރަމުންނެވެ. ދިޕިކާ ޕަޑުކޯން ކަސްރަތު ކޮށް، ގޭގައި ހިފާ ގެންގުޅޭ އެއްޗެހި ތަރުތީބު ކޮށް ހަދާފައި ވީޑިއޯ ހިއްސާ ކުރަމުން ދިޔައިރު ކެޓްރީނާ ކެއިފް ދިޔައީ ތެލި ތަށި ދޮވެ ގޭތެރެ ސާފުކުރާ ވީޑިއޯތައް ހިއްސާ ކުރަމުންނެވެ.

Ads by STELCO

ކެޓްރީނާ މީގެ ދެތިން ދުވަސް ކުރިން ހިއްސާ ކުރި ތެލިތަށި ދޮންނަ ވީޑިއޯ އަކީ ދިޕިކާ އިތުރު ވީޑިއޯ އެއް ހަދަން ގެންގުޅުނު އައިޑިއާ ކަަމަށާއި ކެޓްރީނާ އޭނާގެ އައިޑިއާ ކޮޕީ ކުރީ ކަމަށް ދިޕިކާ ތުހުމަތު ކޮށްފައެވެ.

އިންސްޓަގްރާމުގައި ދިޕިކާ ހިއްސާ ކުރި ވީޑިއޯ އަލުން ހިއްސާ ކުރަމުން ދިޕިކާ ބުނީ، އޭނާގެ ކުރިއަށް އޮތް ވީޑިއޯ ކެންސަލް ކޮށްފިން ކަމަށާއި ސަބަބަކީ ކެޓްރީނާ އޭނާގެ އައިޑިއާ ކޮޕީ ކުރުން ކަމަށެވެ. ދިޕިކާ އިތުރަށް ޖެހީ ކޯވިޑް 19 ފެތުރޭ އިރުވެސް ކޮޕީ ކުރަނީ ކަމަށެވެ.

ގިނަ ބެލުންތެރި މިހާރު އިންތިޒާރު ކުރަމުން ދަނީ ދިޕިކާގެ އެ ޕޯސްޓަށް ކެޓްރީނާ ޖަވާބެއް ދޭނެ އިރަކަށެވެ. މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 އިންޑިއާގައި ފެތުރުން ކޮންޓްރޯލުކުރުމަށްޓަކައި އިންޑިއާއިން ވަނީ މިދިޔަ އަންގާރަ ދުވަހު 21 ދުވަހުގެ ލޮކްޑައުން އެއް އިއުލާން ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!