ޚަބަރު

ރާއްޖެ އެެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
މި މަހުގެ 15 ވަނަ ދުވަހު ކަސްޓަމްސްއިން އަތުލައިގެން މަސްތުވާތަކެތި/ ފޮޓޯ: ކަސްޓަމްސް

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 2.05 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

Ads by MWSC

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން "އެކްސް" ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެ އެތެރެކުރަން އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ކަމަށެވެ.

އެތަކެތި އަތުލައިގެންފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ކަސްޓަމުން ބުންޏެވެ.

މި މަހުގެ 5 އަދި 7 ވަނަ ދުވަހުވެސް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ. އެއީ 5 ވަނަ ދުވަހު އަތުލައިގަތް ކޮކެއިންގެ ބަރުދަނުގައި 2.440 ކިލޯ ހުރިއިރު އެތަކެތި އަތުލައިގެންފައިވަނީ ވެލާނާ އިންޓަނޭޝަން އެއާޕޯޓުންނެވެ.

މި މަހުގެ 7 ވަނަ ދުވަހު އަތުލައިގެން ހެރޮއިންގެ ބަރުދަނުގައި 1.040 ކިލޯ ހުއްޓެވެ. އަދި އެ ތަކެތި އަތުލައިގަތީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅެނިކޮށެވެ.

އޭގެ އިތުރުން މިދިޔަ މަހު ވެސް ރާއްޖެ އެތެރެކުރަން އުޅުނު 3.588 ކިލޯގެ މަސްތުވާކެތި ކަސްޓަމުން އަތުލައިގެންފައިވެ އެވެ. އެއީ ހެރޮއިންގެ 3058 ގުރާމާއި ސިންތެޓިކް ކެތިނޯންގެ 215 ގުރާމް އަދި މެތްއެމްފެޓަމިންގެ 315 ގުރާމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!