ވިޔަފާރި

ކޮވިޑް-19: އެމްއައިބީގެ ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19އާ ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން އެ ބޭންކުން ނިންމައިފި އެވެ.

Ads by MWSC

އެމްއައިބީން ބުނީ މި ލުއި ގޮތްތައް އަމާޒުކޮށްފައިވަނީ އެ ބޭންކުގެ ވިޔަފާރިއާ ގުޅޭ އެކިއެކި ފައިނޭންސިން ފެސިލިޓީތަކާއި ގެދޮރު އިމާރާތް ކުރުމަށާއި ގެދޮރު ގަތުމަށް ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް ކަމަށެވެ.

އެގޮތުން އެ ފެސިލިޓީތައް ނަގާފައިވާ ކަސްޓަމަރުންގެ ތެރެއިން ލުޔެއް ހޯދަން ބޭނުންވާ ކަސްޓަމަރުން އެކަމަށް ހާއްސަ އެޕްލިކޭޝަން ފޯމު ފުރުމަށްފަހު [email protected] އީމެއިލް އެޑްރެހަށް ފޮނުވުމަށް އެމްއައިބީން އެދެއެވެ.

އެޕްލިކޭޝަން ފޯމު ފޮނުވުމުން އެމްއައިބީގެ ބިޒްނަސް ޓީމުން އެ ކަސްޓަމަރަކާ މަޝްވަރާކޮށް، އިންޓާނަލް އެސެސްމަންޓެއް ހެދުމަށްފަހު އެންމެ އެކަށީގެންވާ ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްގެންދާނެ އެވެ.

އެމްއައިބީން ބުނީ އެ ބޭންކުގެ ކޮންސިއުމާ ފައިނޭންސިން ފެސިލިޓީތަކާއި ޓްރޭޑް މުރާބައާ ފައިނޭންސިން ފެސިލިޓީ ނަގާފައިވާ ކަސްޓަމަރުންގެ ތެރެއިން އެހީ ބޭނުންވާ ކަސްޓަމަރުންނަށް ވެސް ލުއި ގޮތްތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮވިޑް19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެމްއައިބީން ވަނީ އެ ބޭންކުގެ ބައެއް ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭން ނިންމާފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!