ހަގީގީ ހާދިސާ ރިޕޯޓް

ހަގީގީ ހާދިސާ: ދަރިފުޅު ފަހުނޭވާ ދޫކުރީ ބައްޕަ ދަރިފުޅު ގާތަށް ދިޔުމަށް ކަނޑުމަތީގައި ހުއްޓާ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޒަވާޖީ ހަޔާތަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ ދެމަފިރީންނަށް ލިބޭ ދަރިންނެވެ. މަންމައިންގެ ދެލޮލުގެ ކޮއިފަދައިން ދަރީން ބަލާ ފަދައިން އެކުދީންނަށް އެެއްވެސް ކަމެއް މަދު ވިޔަނުދީ އެކުދީންގެ ހުރިހާ ކަމެއްގެ އެންމެ ބޮޑު ޒިންމާއެއް ނަގަނީ ބައްޕައިންނެވެ. އެއީ ދަރީން އުފަލުގައި ބޭތިއްބުމަށް ކެނޑިނޭޅި މަސައްކަތް ކުރާ ހިތްވަރުގަދަ ފަހުލަވާނުންނެވެ. ވީއިރު އެދަރިފުޅުގެ އެންމެ ފަހު ވަގުތުގައި އެދަރިފުޅުގެ ގާތުގައި ނުހުރެވުމުގެ ސަބަބުން ބައްޕައެއްގެ ހިތަށް ކުރާ އަސަރު ތަސައްވަރުވެސް ނުކުރެވޭނެއެވެ. މިއީ ދިވެހި ބައްޕައަކަށް ދިމާވި މިފަދަ ހިތްދަތި ހާދިސާއެކެވެ.

Ads by STELCO

ދަރިންނަކީ މާތް الله މައިންބަފައިންނަށް ދެއްވާ ވަރަށް ބޮޑު އަމާނާތެކެވެ. އެގޮތުން މިބައްޕަގެ ފުރާނަ ފަދައިން ލޯބިވީ ދަރިފުޅަކީ އެ ނިކަމެތި ބައްޕަގެ ނަސީބު ކަން ދިމާވިގޮތުން ބަލި ކުއްޖެކެވެ. އާނއެކެވެ. ދުނިޔެ އުމުރު ލޭ އަޅަން ޖެހިފައިވާ ތެލަސީމިއާ ކުއްޖެކެވެ. ނަމަވެސް އެކަމާއި މެދު އެއްވެސް ވަރަކަށް ހިތް ކުޑަ ނުކޮށް އެދަރިއަށް ޓަކައި ހުރިހާކަމެއް ފުއްދައިދިނުމަށް އެބައްޕަ ކެނޑި ނޭޅި ދިޔައީ މަސައްކަތް ކުރަމުންނެވެ.

އުފަން ރަށުން ރަނގަޅު އާމްދަނީއެއް ނުލިބޭ ކަމުން މި ބައްޕަ މަސައްކަތް ކުރަމުން އައީ ކ.ތުލުސްދޫގައެވެ. އެބައްޕައަކީ މޮޅު މާވަޑިއެކެވެ. ދަރިފުޅު އެބައްޕައާއި ކިތަންމެ ދުރުގައިވީ ނަމަވެސް އަބަދާއި އަބަދު އެ ދަރިފުޅުގެ ޙާލު ބަލާ ހަދައެވެ. އެދަރިފުޅަށާއި އާއިލާއަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައި ދިނުމުގައި ދުވަހަކު ވެސް އެބައްޕަ ނާކާމިޔާބު ވެފައެއް ނެތެވެ.

ކުރިއަށް ކަންތައް ވާނޭ ގޮތެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެބައްޕަގެ ލޯބިވާ ދަރިފުޅު އާދަޔާއި ޚިލާފަށް ބަލިވުމުގެ ސަބަބުން މަންމައާއި އެކު މާލެ އައީ ބޭސްފަރުވާ ކުރުމަށެވެ. އައިޖީއެމްއެޗް ހޮސްޕިޓަލަށް ދެއްކުމުން އެ ދަރިފުޅު އެޑްމިޓު ކޮށްފިއެވެ. ނަމަވެސް އެ ދަރިފުޅުގެ ހާލު އެހާ ގޯސް ނޫން ކަމަށް ޑޮކްޓަރުން އެންގިއެވެ. އެހެން ނަމަވެސް ކަންތައްތައް ބަދަލުވީ ހީނުކުރާ ގޮތަށެވެ.

އާއިލީ މެމްބަރުން މާލޭގައި އެދަރިފުޅާއެކު ވީ ނަމަވެސް ދަރިފުޅުގެ ހިތް އެދެމުން ދިޔައީ ބައްޕަ ދެކިލުމަށެވެ. އެ ގޮތުގައި 3 ދުވަސް ވޭތުވެއްޖެއެވެ. މަންމަ އަބަދު ވެސް ހުރީ އެދަރިފުޅުގެ ޚިދުމަތުގައެވެ. ގާތްތިމާގެ މީހުން އެދަރިފުޅަށް ހަދިޔާ ހިފައިގެން ދިޔައެވެ.

ކުއްލިއަކަށް ޑޮކްޓަރުން ތެޅި ފޮޅެން ފަށައިިފިއެވެ. ކަމެއް ގޯސްވާހެން ހީވާ ކަމުގެ ހިލަމެއް އެދަރިފުޅުގެ މަންމައަށް ވިއެވެ. އެހިސާބުން އެދަރިފުޅުގެ ބައްޕައަށް މަންމަ އެހަބަރު އިއްވީ ރޮއި ގިސްލާ ޙާލުއެވެ. ބައްޕަ އަވަސްވެގަތަކީ ވީހާވެސް އަވަހަށް މާލެ ދިޔުމަށެވެ.

މާލެއާއި ތުލުސްދޫއާ ދެމެދު ފެރީ އޮންނާތީ މާލެ އައުމަށް އެހާ އުނދަގުލެއް ނޫނެވެ. އެހެން ނަމަވެސް ފެރީ އޮންނަ ވަގުތުގެ ސަބަބުން ވަގުތުން ވަގުތަށް މާލެ އާދެވޭނެގޮތެއް ނުވިއެވެ. އެ ބައްޕަ ދަރިފުޅު ގާތަށް ދިއުމަށް ކެތްމަދުވެފައި ވާ ޙާލު ހާސްކަމުގައި ވަގުތު ގުނަމުން ދިޔައެވެ.

އެންމެ ފަހުން ފުރުމަށްޓަކައި އެބައްޕަ ފެރީއަށް އަރައިފިއެވެ. އެއީ އެ ޚަބަރު ލިބުނުތާ ގާތްގަނޑަކަށް 2 ގަޑިއިރު ފަހުންނެވެ. ފެރީ ލޯންޗު ނައްޓާލިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެ ބައްޕަގެ ފޯނަށް އައި ކޯލުން އެ ނިކަމެތި ބައްޕަގެ ހިތް ހުއްޓުނު ކަހަލައެވެ. އާނއެކެވެ. އެބައްޕަގެ ލޮލުގެ ނޫރެއްފަދަ ލޯބިވާ ދަރިފުޅު މި ފަނާކުރަނިވި ދުނިޔެއިން އަބަދާއި އަބަދަށް އަލްވަދާއު ކިޔައިފިއެވެ. إنا لله وإنا إليه راجعون

އެބައްޕަގެ ލޮލުން ހުއްޓުމެއްނެތި ހޯސްލައިފައި ކަރުނަތައް ފައިބަން ފެށުމުން އިތުރަށް ވާހަކަ ދެއްކޭނެ ހިތްވަރެއް ނުލިބުނެވެ. ދިރިހުއްޓާ ލޯބިވާ ދަރިފުޅާއި ބައްދަލު ކުރަން ފުރި ދަތުރު ނިންމާފައި ދިޔައިރު ބައްދަލު ކުރަން ޖެހުނީ ލޯބިވާ ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑާއެވެ. މި މަންޒަރު ބަލަން އެއްވެސް މީހަކަށް ކެތްނުވާނެ ކަން ޔަގީނެވެ. ބަލި ހާލުގައި ވީއިރު ވެސް ދަރިފުޅަށް ބައްޕަ ލޯ މަރާލަން ޖެހުނީ އެވެ. ބައްޕަގެ ހިތަށް ހަންޖަރެއް ހަރާލި ފަދައެވެ. 

މިއީ ދިވެހި ބައްޕައެއް އެ ބައްޕަގެ ލޯބިވާ ދަރިފުޅާ އެންމެ ފަހު ފަހަރު ނަމަވެސް ދިމާވާން ފުރުސަތު ނުލިބި، އެބައްޕަގެ ހިތް ފުނޑު ފުނޑުވި ވާހަކައެވެ. އެބައްޕަގެ ހިތަށް ހާދަ އަސަރެއް ކުރާނެއެވެ. ސުބްޙާނަالله! އެބައްޕަގެ ހިތަށް ކުރާނެ އަސަރު ތަސައްވަރު ކޮށްލި މީހެއްގެ ހިތް ވެސް ކުދިކުދި ވާނެއެވެ.

 މާތް الله އެބައްޕައަށް ކެތްތެރިކަން ދެއްވައި ސާބިތުކަން ދެއްވާށިއެވެ. ލޯބިވާ ދަރިފުޅުގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުނަތް މިންވަރު ކޮށްދެއްވާށިއެވެ.އާމީން!

  1. ނަން

    ތިކަހަލަ ކިތަންމެ ޙަޤީޤީ ހާދިސާއެއް އަހަރެން ކިޔާލަދީފާނަން….

  2. ނާނޫ

    ތިޔާކޮއްކަހަލަލޯބިވީބައްޕައެއްބާ ބަލިވެމާލެދިޔައިރުވެސް ދަރިފުޅުކައިރިއަށްނުދެވުނުމީހެއް އެހާފަސޭހައިންފެރީގަދެވެއްއޮތޭހަމަ ތިޔާދަރިފުޅުދެކެލޯބިވާބައްޕައެއްނޫނޭ ކަމަކުނުދޭލޯބިވާނަމަހަމައެހިދުއްދެވުނީހޭ

    • ޙަނާ

      ޢެއްކަލަ މޮޅެތި ކޮމެންޓު ކުރާ ދިވެހިން. ބަލަ ވަޒީފާގަ ރަށެއްގަ އުޅޭއިރު އަވަހަށް އާދެވޭތަ. ޜަނގަޅު އެެއްޗެއް ބުނަން ނެތިއްޔާ އެއްޗެއް ނުބުނެ ހުރެބަލަ