ޚަބަރު

ކޮވިޑް-19ގެ އަލާމާތްތައް ހުރި 4 މީހަކު ފެނިގެން 2 ރިސޯޓެއް ބަންދު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހުންތަކެއް ފެނުމުން ރެސިޑެންސް މޯލްޑިވްސް ދިގު ރަށް އަދި ފިލިތެޔޮ ރިސޯޓު ބަންދުކޮށްފި އެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރެސިޑެންސް އިން ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައިވަނީ ދެ ދިވެއްސެއްގެ ގައިން ކަމަށެވެ. އަދި ފިލިތެޔޮ ރިސޯޓުން ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައިވަނީ ދިވެއްސަކާއި ބިދޭސީއެއްގެ ފަރާތުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި މީހުންގެ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން އެ ދެ ރިސޯޓު ވެސް މިހާރު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 16 އަށް އަރާފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ ފަސް މީހަކަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!