ދުނިޔެ

ކޯވިޑް19: މަރުވި މީހުންގެ އަދަދު 25000 އަރައިފި، އެއް ދުވަހު އެންމެ ގިނަ މީހުން މަރުވީ އިޓަލީން

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 25066 އަރައިފިއެވެ.

Ads by WAMCO

މިވަގުތު ކޯވިޑް 19 ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ ޔޫރަޕު ބައްރުންނެވެ. ޔޫރަޕު ބައްރުން މިހާތަނަށް ވަނީ 17314 މީހުން މަރުވެފައެވެ. ކޯވިޑް 19 ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމަކީ އިޓަލީއެވެ. އިޓަލީން މިހާތަނަށް 9134 މީހުން ވަނީ މަރުވެފައެވެ. ދެވަނަ އެންމެ ގިނަ މީހުން މަރުވެފައިވަނީ ސްޕެއިންނުންނެވެ. ސްޕެއިނުން 4858 މީހުން މަރުވެފައިވާއިރު، ޗައިނާގައި ވަނީ މި ބަލި ޖެހިގެން 3292 މަރުވިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުރަތަމަ ފަހަރަށް ކޯވިޑް 19 ފެއްނި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވަނީ މިހާތަނަށް ކޯވިޑް 19 ދުނިޔޭގެ އެކިކަންކޮޅުތަކުން 547034 މީހުންނަށް ޖެހިފައެވެ.

ދުވާލެއްގެ މައްޗަށް ކޯވިޑް 19 ޖެހިގެން އެންމެ ގިނަ މީހުން މަރުވަނީ އިޓަލީގައެވެ. އިޓަލީގައި ވޭތުވެދިޔަ 24 ގަޑިއިރު ވަނީ 919 މީހުން މަރުވެފައެވެ. ސްޕެއިންގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ މިމަހުގެ 21 ވަނަ ދުވަހެވެ. އެދުވަހު 738 މީހުން މަރުވިއެވެ.

އިޓަލީގައި އަދިވެސް ވަރަށް ހަލުވިކަމާއިއެކު ކޯވިޑް 19 ފެތުރެމުން ދާއިރު ސިއްހީ ތަޖްރިބާކާރުން ލަފާކުރަނީ މިމަހުގެ 9 ވަނަ ދުވަހު އެގައުމުގައި ލޮކްޑައުން އިއުލާން ކުރުމުގެ ސަބަބުން ބަލި ފެތުރުން ވަރަށް ބޮޑުތަނުން ލުއި ވާނެ ކަަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!