ވިޔަފާރި

ތިންވަނަ ކުއާޓާއި އެސްޓީއޯއަށް 156 މިލިއަން ރުފިޔާގެ ފައިދާއެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެސްޓީއޯގެ ހެޑް އޮފީސް/ ފޮޓޯ: ދެން

މި އަހަރުގެ ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް 156 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

Ads by MWSC

އެސްޓީއޯގެ މި އަހަރުގެ ތިންވަނަ ކުއާޓަރގެ ހިސާބުތައް ވަނީ މިއަދު އެ ކުންފުނީގެ ވެބްސައިޓްގައި ޢާއްމުކުރެވިފައެވެ.

ކުންފުނީގެ ހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.6 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ.

މިއީ މީގެ ކުރީ ކުއާޓާރއާއި އަޅާ ބަލައިއިރު 3 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯއިން ބުނީ ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުންގެންދާ ވިޔަފާރި ރަނގަޅުވެ އާމްދަނީ އިތުރުވުންކަމަށެވެ.

އެގޮތުން ޖުމްލަ ފައިދާގެ ގޮތުގައި 592 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ މީގެ ކުރީ ކުއާޓާރއާއި އަޅާ ބަލައިއިރު 15 އިންސައްތައިގެ ކުރިއެރުމެއްކަމަށް ބުނެފައި ވެެއެވެ.

އެސްޓީއޯއިން ބުނީ ކުންފުނީގެ ޕްރޮވިޝަންސް އިތުރުވުމާއިއެކު ކުންފުނީގެ ހަރަދު އިތުރުވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު މިކުއާޓަރގެ ހިންގުމުގެ ފައިދާގެ ގޮތުގައި 251 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި 23 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.

"ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓަރގެ ސާފު ފައިދާއަކީ 198 މިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާބަލައި 12 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން، ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަގަޅުކުރެވި ޖުމްލަ ފައިދާ އިތުރުވެފައިވުމެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފުފައިދާގެ ގޮތުގައި ވަނީ 156 މިލިއަން ރުފިޔާ ލިބިފައެވެ." އެސްޓީއޯއިން ބުނެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!