މަޑި ދަށުން ހަތަރު ލައްކަ ރުފިޔާ ނެގި މީހާ އެންމެފަހުން ދޫކޮށްލައިފި
ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކަ ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ މީހާ އެންމެފަހުން ބަންދުން ދޫކޮށްލައިފި އެވެ.
މައްސަލަ އާ ގުޅިގެން ޖަހަންގިރު އާލަމް (45އ) ހައްޔަރުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.
އޭނާ އާ ދެކޮޅަށް ސީސީޓީވީ ފުޓޭޖުގެ ވީޑިއޯ ޝޮޓްތަކާއި ފައިސާގެ ވެރިފަރާތުގެ ބަޔާނެއް ވެސް ހެކިތަކުގެ ގޮތުގައި ފުލުހުން ހުށަހެޅި އެވެ. އެހެންނަމަވެސް ޖަހަންގިރު ވަނީ އޭނާއަށް ކުރި ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އަދި މިއީ ވިޔަފާރިއެއްގެ މައްސަލައެއްގައި އޭނާ 'ފްރޭމް' ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް ކޯޓުގައި އޭނާ ބުނެފައިވެ އެވެ.
މި މައްސަލައިގައި މީގެކުރިން ހަތް ފަހަރު އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެ އެވެ.
ނަމަވެސް ރޭ ކްރިިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ވަނީ ޝަރުުތުތަކަކާ އެކު ޖަހަންގިރު ދޫކޮށްލަން އަމުރުކޮށްފަ އެވެ. އެއީ ކޮން ޝަރުތުތަކަކާ އެކު ކަމެއް ބުނެފައެއް ނުވެ އެވެ.
ކޯޓު އަމުރުގައި ބުނީ އޭނާއަކީ އާއިލާއެއް ބަލަހައްޓަން ޖެހޭ މީހެއް ކަމަށާއި ބަލިވެ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ މީހަކަށް ވުމާ އަދި މަޑި ދަށުގައި އެ ފައިސާތައް މީހަކު ބެހެއްޓިކަން ކަށަވަރު ކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.
ޖަހަންގިރުއަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ވިޔަފާރި ކުރާ މީހެކެވެ.