ދުނިޔެ

ފުއްޕާމެއިން ބަދަނެއް ނަގައި ދެއަހަރުގެ ކުއްޖެއް ސަލާމަތްކޮށްފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ޔޫއޭއީ: ދުބާއީގައި ދިރިއުޅޭ ސީރިއާގެ ދެއަހަރުގެ ކުއްޖެއްގެ ފުއްޕާމޭގެ އޮޕަރޭޝަނެއްކޮށް ބަދަނެއް ނަގައިފިއެވެ.

Ads by Sosun Fihaara

މިއޮޕަރޭޝަންކުރި މެޑްކެއާ ހޮސްޕިޓަލްގެ ޑޮކްޓަރު މުޙައްމަދު ޖަބްރު އާއި ހަވާލާދީ ޔޫއޭއީގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުއްޖާއަށް ބަދަނެއް ދިރުވާލެވުނީ ބަދަން ކަމުން ކުއްލިއަކަށް ހީގަތުމާއި ގުޅިގެންނެވެ. އަދި އޭގެ ފަހުން އެ ކުއްޖާ ކެއްސަން ފަށާ ނޭވާލާން އުނދަގޫ ވާން ފެށުމުން ކުއްޖާގެ މަންމަ ކުއްޖާ ގޮވައިގެން ފުރަތަމަ ދިޔައީ ކުޑަކުދީންގެ ޑޮކްޓަރެއް ގާތަށެވެ.

"އެ ޑޮކްޓަރު ކުއްޖާ ބަލާ އެކްސްރޭ ނެގުމުން ވެސް އެއްވެސް ކަމެއް ފާހަގަ ނުވި ، އެހެންވެ އަހަންނަށް ދެއްކުމަށް އިރުޝާދު ދިނީމަ ، އެ ކުއްޖާ އަހަރެންގެ ގާތަށް އައީ" ޑޮކްޓަރ މުޙައްމަދު ޖަބްރު ބުނެފައި ވެއެވެ.

އޭނާ ބުނީ ކުއްޖާގެ އެކްސްރޭއިން އެއްވެސް އެއްޗެއް ނުފެނުނު ނަމަވެސް ނޭވާލުމުގައި ތަފާތު އަޑެއް ހުރުމާއެކު ސާޖަރީ ކުރުމަށް ނިންމީ ކަމަށެވެ. އަދި ފުއްޕާމެއިން ބަދަން ނަގާ ، ސާޖަރީ ކުރި ދުވަހު ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ކުއްޖާގެ ފުއްޕާމެއިން ބަދަން ނުނެގުނު ނަމަ ނޭވާލާން އުނދަގޫވެ ފުރާނައަށް ވެސް ނުރައްކާތެރިވާ ޙާލަތަށް ދިޔުން ގާތް ކަމަށް ފާހަގަ ކުރަމުން ޑޮކްޓަރ ޖަބްރު ބުނީ ތުއްތު ކުދީންނަށް އެފަދަ ތަކެތި ދީގެން ނުވާނެ ކަމަށެވެ.

"ވަރަށް މުހިންމު ކަމެއް ކުދީންގެ އުމުރާ ގުޅޭ ގޮތުން ކާއެއްޗެހި ދިނުމަކީ ، މިއީ (ބަދަން ފަދަ ތަކެއްޗަކީ) ތުއްތު ކުދީންނަށް ހަރު އެއްޗެއް، ފަސޭހައިން ދިރިގެން ވެސް ހިނގައިދާނެ ، އެފަދަ އެއްޗެއް ދޭން ބޭނުން ނަމަ ފުނޑުކޮށްގެން ކާއެއްޗެއްގެ ތެރެއަށް އަޅައިގެން ދެވިދާނެ" ޑޮކްޓަރު ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!