ޚަބަރު އިޖުތިމާޢީ

އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 7.7 އިންސައްތަ އިތުރުވެއްޖެ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މީގެ ކުރިން ރާއްޖެ އައި ފަތުރުވެރިންތަކެއް މާލޭގައި/ ފޮޓޯ: ދެން

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 7.7 އިންސައްތަ އިތުރުވެފައިވާ ކަަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

Ads by MWSC

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ އަންގާރަ ދުވަހާ ހަމައަށް ޖުމްލަ 1،774،398 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރު ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އަދަދުގެ 149،431 ފަތުރުވެރިން އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،624،967 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެއީ 246،500 ފަތުރުވެރިންނެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން އައި ރަޝިއާ، މި އަހަރުގެ އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އަދަދުގެ ލިސްޓުގެ ދެވަނައަށް ވެއްޓިފަ އެވެ.

ރާއްޖޭގައި މިހާރު ފަތުރުވެރި ކަމަށް 1،242 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 171 ރިސޯޓާއި 902 ގެސްޓުހައުސް އާއި 155 ސަފާރީ އަދި 14 ހޮޓާ ހިމެނެ އެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 62،690 އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ފަތުރުވެރިކަމަށް 1،274 ތަނެއް ވަނީ ހިންގާފަ އެވެ. މީގެ ތެރޭގައި 175 ރިސޯޓާއި 922 ގެސްޓުހައުސް އާއި 163 ސަފާރީ އަދި 14 ހޮޓާ ހިމެނެ އެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 63,085 އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!