ހަގީގީ ހާދިސާ ޚަބަރު

ހަގީގީ ހާދިސާ: މަންމައަށް ހެދި ސިހުރު ޖެހުނީ މާމަ ދަރިފުޅަށް

  • އެކި ކަންކަން ހާސިލް ކުރުމަށް އަމިއްލަ އެދުމުން ފޯވެފައިތިބޭ މީހުން ޝައިތާނުންގެ މަދަދު ހޯދުމަކީ ކުރަމުންދާ މުޑުދާރު ފާފައެކެވެ. އޭގެން ނިކުމެދާނެ ނަތީޖާއަކަށް ކުޑަކޮށްވެސް ވިސްނައެއް ނުލައެވެ. ދިރިއުޅުން ހަލާކުކޮށް ދެމަފިރިން ދުރުކުރުމަށް ސިހުރު ހެދުމަކީ އާންމުކަމެކެވެ.
ޢަލީ މާޖިދު ، ދެން އޮންލައިން

އެކި ކަންކަން ހާސިލް ކުރުމަށް އަމިއްލަ އެދުމުން ފޯވެފައިތިބޭ މީހުން ޝައިތާނުންގެ މަދަދު ހޯދުމަކީ ކުރަމުންދާ މުޑުދާރު ފާފައެކެވެ. އޭގެން ނިކުމެދާނެ ނަތީޖާއަކަށް ކުޑަކޮށްވެސް ވިސްނައެއް ނުލައެވެ. ދިރިއުޅުން ހަލާކުކޮށް ދެމަފިރިން ދުރުކުރުމަށް ސިހުރު ހެދުމަކީ އާންމުކަމެކެވެ.

Ads by MWSC

އެފަދަ ހާދިސާއެއް އިބްރަތަކަށްޓައި ހިއްސާކޮށްލާނަމެވެ.

ދެމަފިރިއެއްގެ ހުރި އެންމެ ފިރިހެން ދަރިއެކެވެ. ރަށުން ބޭރު ކުއްޖަކާއި އިންނަން އުޅުމުން އާއިލާއިން ހާއްސަކޮށް މަންމަ އެކަމާއި ފާޅުގައި އިންކާރުކުރިއެވެ. ނަމަވެސް ލޯތްބަކީ ވަރަށް ބާރުގަދަ އިހްސާސަކަށް ވުމުން ދަރިފުޅު އެ މަންޖެއާއި ކައިވެނިކުރި އެވެ. ފަހުން މަންމަގެ ހިތް ހެޔޮވާނެ ކަމުގެ އުންމީދުގައެވެ. ކަންތައްވީ ހީކުރިގޮތަކަށް ނޫނެވެ. ކައިވެނި ކޮށްގެން އަނބިމީހާ ރަށަށް ގެނައުމާއި އެކު މަންމަ ( މައިދައިތަ) ސިހުރުވެރިއެއްގެ މަދަދާއި އެކު އެ ދެމަފިރިން ދުރުކުރުމުގެ މަސައްކަތް ފެށިއެވެ.

އަންހެން ކުއްޖާއަށް ތަފާތު ހުވަފެންތައް އެކި ސިފަ ސިފައިގައި ފެންނަން ފެށިއެވެ. އަންހެން ކުއްޖާ މި ވާހަކަ ފިރިމީހާ ކައިރީ ބުނުމުން ފިރިމީހާ މައިންބަފައިން ދެކެވާ ލޯބިން މި ވާހަކަތައް ޤަބޫލެއް ނުކުރެއެވެ.

ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް އަންހެން ކުއްޖާ އިނީ އެ މީހުންގެ އަލަތު ދަރިފުޅަށް ބަލިވެ އެވެ. ބަލިވެ އިން އިރު ވެސް މައިދައިތަގެ ސިހުރު ކުޅިގަނޑު ދިޔައީ ގަދަޔަށް ކުޅެމުންނެވެ. ފެންވަރާ ވަޅަށް ފެން ކިޔަވާފައި އެޅުމާއި ކާއެއްޗެއްސަށް ތަފާތު ކަންކަން ކޮށްފައި ކާންދިނުމާއި ނިދާ އެނދަށް ކަންކަން ކުރަމުންނެވެ.

ސިހުރަކީ މާ ބަނޑުގައިވާ ދަރިފުޅަށް ވެސް އޭގެ އަސަރު ފޯރާނެ ފަދަ އެއްޗެކެވެ. ދުވަސް ފުރާ އަންހެންކުއްޖާ ލޯބި ލޯބި ފިރިހެން ކުއްޖަކު ވިހައިފިއެވެ. އޭރުވެސް އެ ދިރިއުޅުމަށް ސިހުރުގެ އެކި އުނދަގޫތައް ދިޔައީ ފޯރަމުންނެވެ. ކުއްޖާ ބޮޑުވަމުން ދިޔަވަރަކަށް އެ ކުއްޖާގެ ފަރާތުން އައިބުތައް ފާހަގަވެ ރޫފަ ވެސް ނިކަމެތި ބޮޑުވަމުން ދިޔަވަރަކަށް ކުއްޖާގެ ރުޅި ދިޔައީ ގަދަވަމުންނެވެ.

މިހެންގޮސް ކުއްޖާ ފުރާވަރަށް އަރައިފިއެވެ. އުނގެނުމުގައި ތޫނުފިލިކަން ވަރަށް ވެސްކޮށި ދުވަސްތައް ދަމުން ގޮސް ކުއްލިއަކަށް ކުޑަދަރިފުޅުގެ މާމަ ވަރަށް ބަލިވެއްޖެއެވެ. މާމައަށް އެ ބަލީގައި ގަދަނުވާނެހެން ހީވުމުން އާއިލާގެ ބޮޑު ސިއްރު މާމަގެ މަރުމަތީގައި ހާމަވެއްޖެއެވެ. އަމިއްލަ ކުށަށް އިއުތިރާފްވެ މާފަށްވެސް އެދެފިއެވެ.އަދި މާމަ ދުނިޔެ ދޫކޮށްފިއެވެ.

ބައެއް ސިހުރަކީ ދުވަސް ވުމުން އޭގެ ބާރުތައް ގަދަވެސް ވާ ސިހުރުކަމަށް ބުނެއުޅެއެވެ. މިގޮތުން އެ ދެމަފިރިން ދިރިއުޅުން މުޅިން ހައިޖާނުވެ އެންމެ ފަހުން ދެމީހުން ވަރިވެއްޖެއެވެ.

މިހާ ހިސާބުން މާމާ ދަރިފުޅުގެ ހަޔާތް ސިހުރުން ބަނަވާން ފަށައިފިއެވެ. ދަރިފުޅުގެ ބުއްދި ފިލާ ގޮސް ހުރިހާ އުފާތަކުން މަހްރޫމް ވެއްޖެއެވެ. ހަށިގަނޑުގެ ގުނަވަންތަކުގެ ބާރު ދަށް ވެއްޖެއެވެ. ޕެރަލައިޒްވެ އެނދުމަތި ވެއްޖެއެވެ.

މުސްތަޤްބަލެއް އޮތް ޒުވާން އުމުރު ބަލިދާނުގައި މި ވޭން ތަކާއި ހަނގުރާމަ ކޮށް މާމަ މަންމައަށް ހެދި ސިހުރުގެ ޝިކާރައަކަށްވެ ކުޑަ ދަރިފުޅު ވެސް ދުނިޔެއަށް އެންމެ ފަހުގެ ނޭވާ ދޫކޮށްލައިފިއެވެ. ހިތާމައިގެ ކޮޅެއް ވެސް ނެތެވެ.

މައިންބަފައިން ހަދާ ސިހުރުގެ އަސަރު ދަރިންނަށް ވަރަށް ގިނަފަހަރު ކުރެއެވެ. އަދި ހާއްސަކޮށް ބަލިވެ އިންދާ އެ ފަދަ ކަމެއް ކޮށްފިނަމަ ވަރަށް ގިނަ ފަހަރު އޭގެ އަސަރު ފޯރާނެ އެވެ. ސިހުރު ހަދާ މީހުންނަށް މި ދުނިޔެމަތީގައި އެ ފާފައިގެ ހިތި ކަން ތަފާތު ގޮތްގޮތަށް ތަޖުރިބާ ކުރަން ވެސް ޖެހެއެވެ.

ސިހުރަކީ ﷲ އަށް ޝިރުކު ކުރުމެވެ. މި ހުތުރުކަން ބޮޑުވެގެންވާ އަދި ތަޢުބާ ނުވެ މަރާ ބައްދަލު ކޮށްފި މީހަކަށް ނުރައްކާތެރިކަން އޮތް މުޑުދާރު ފާފައެކެވެ. މި ފަދަ ކަންކަމުން ދުރުހެލިވާށެވެ.

Ads by Ooredoo
  1. އކއޖ

    މީ މިރާއްޖެގައި ބޮޑުވެއްޖެކަމެއް .