Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދެ ރިސޯޓަކުން ކޮވިޑް-19އަށް ޝައްކުުވާ 4 މީހަކު ޓެސްޓު ކުރަނީ

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ދެ ރިސޯޓަކުން ހަތަރު މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން ކޮވިޑްް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ލަކްސް ނޯރތު މާލެ އެޓޯލް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ދި ސްޓޭންޑަރޑް، ހުރުވަޅި މޯލްޑިވްސް ރިސޯޓުން ދިވެއްސަކާއި ދެ ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވޭ ކަމަށެވެ.

Advertisement
Ooredoo — Square (box)

ރާއްޖެއިން މިހާތަނަށް 17 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން ދެ މީހުން ފިޔަވައި އެހެން އެންމެން މިހާރު އެ ބަލިން ވަނީ ރަނގަޅު ވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް