ޚަބަރު

ޝަހީމްގެ ޗެލެންޖު: މުޅި ގުރްއާން ހަތިމްކޮށް، ސޯސަލް މީޑިއާ ގުރްއާނުން ފުރާލަމާ!

ދެން އެމްވީ ، ދެން އޮންލައިން

ޓޮއިލެޓް ޕޭޕާ ރޯލެއް ނުވަތަ ޓިޝޫ ރޯލެއް ބޭނުންކޮށްގެން ވީހާވެސް ގިނަ ވަގުތު ޖަގްލްކުރުމުގެ ޗެލެންޖަކީ މިދުވަސްކޮޅު ވަރަށް ބޮޑަށް ވައިގަ ހިފާފައިވާ ޗެލެންޖެކެވެ. ކޯވިޑް-19 ވަރަށް ހަލުވިކަމާއިއެކު ފެތުރެމުން އަންނަ މިދުވަސްކޮޅުގައި ގިނަ ބަޔަކު ދަނީ ގޭގައި ތިބެގެން ފޫހި ފިލުވަން މި ޗެލެންޖް ފުރިހަމަ ކުރަމުންނެވެ. މީގެ ތެރޭގައި ރާއްޖޭގެ ސަރުކާރަށް ނިސްބަތްވާ ގިނަ ބޭފުޅުންނާއި ސިޔާސީ އިސް ބޭފުޅުން ހިމެނެއެވެ.

Ads by STELCO

ނަމަވެސް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިވަނީ ވަރަށް ތަފާތު ޗެލެންޖެއް ކުރައްވާފައެވެ. މާތްވެގެންވާ ކީރިތި ގުރްއާން އެއްކޮށް ކިޔަވައި ސޯސަލް މީޑިއާ މި ގުރްއާނުން ފުރާލަމުގެ ޗެލެންޖެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ މުޅި ގުރްއާން ކިޔަވައި ނިންމުމުގެ ޗެލެންޖް ފުރިހަމަ ކުރުމަށް އާންމުންނަށް ގޮވާލާފައެވެ.

"އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ޚަތިމްކުރުން ފެށުނީއެވެ. މީގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށްބައިވެރިވެވޭނެއެވެ. ޓުވިޓަރ، އެފްބީ، އިންސްޓްގްރާމް މެދުވެރިކޮށް ކުރިއަށްގެންދެވޭނެ. އަޅުގަނޑު ފަށައިފިން." ޝަހީމް ވިދާޅުވިއެވެ.

ޝަހީމްގެ މި ޗެލެންޖު ގިނަ ބަޔަކު މިހާރު ދަނީ ފުރިހަމަ ކުރަމުންނެވެ. ހަމަގައިމުން ވެސް ޓިޝޫ ރޯލެއް ބޭނުންކޮށްގެން ވީހާވެސް ގިނަ ވަގުތު ޖަގްލްކުރުމަށްވުރެ މިއީ ހުރިހާ ގޮތަކުން ބެލިޔަސް މާ ފުރިހަމަ ޗެލެންޖެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!