ޚަބަރު

ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ނަޝީދުގެ ޝުކުރު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޝުކުރު އަދާކުރައްވައިފިއެވެ.

Ads by STELCO

ފުރަތަމަ ފަހަރަށް އޮންލައިން ކޮށް ބާއްވާ މަޖިލިސް ޖަލްސާ ފައްޓަވާ ދެއްވާ ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާންހުރި ފިވަޔަވަޅުތައް ސަރުކާރުން އަޅަމުންދާކަމަށެވެ. އަދި މަޖިލިހުގެ މެމްބަރުންގެ ނަމުގައާއި އެމަނިކުފާނުގެ ނަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އަދި އަޅަމުން އަންނަ ފިޔަވަޅުތަކަށް ޝުކުރުއަދާކޮށްފައިވެއެވެ.

ނަޝީދު ވަނީ ރޯގާއާ ގުޅިގެން އިޖްތިމާއީ ގައިދުރުވުންފަދަ ގޮތްތައް ބޭނުންކޮށްގެން ރޯގާ ފެތުރުން މަދުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ނިންމާފައިވާކަން ފާހަގަ ކުރައްވާފައެވެ.

"ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަކީ ރޯގާ ބޮޑުކޮށް ފެތުރިދާނެ ދުވަހަކަށް ތައްޔާރުވުމަށް އަޅާފިޔަވަޅުތަކެއް. ރައްޔިތުންނަށް ގިނަ ދަތިތަކަކާ ކުރިމަތިވާކަން އިނގޭ. ދިވެހިންނަކީ އަބަދުވެސް ދަތި އުނދަގޫތަކުން އަރައިގަންނަބައެއް." ނަޝީދު ވިދާޅުވިއެވެ.

މިދަނޑިވަޅުގައި މަޖިލިސް ބޭއްވުން މުހިންމުކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ ވަކީލުން ކަމަށާއި މެމްބަރުން ތިބެންވާނީ ރައްޔިތުންނާއި ފަސޭހައިން ގުޅޭގޮތަށް ކަމަށެވެ.

ރައްޔިތުން ހިތްއެދޭވަރަށް ކަންކަން ނުކުރެވިދާނެ ކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެހެން ނަމަވެސް މިއީ މެމްބަރުން ރައްޔިތުންނާއި ގުޅި އެކީގައި ތިބެންވީ ވަގުތު ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!