ޚަބަރު

ވެމްކޯއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނަން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން(ވެމްކޯ)ގެ ކޯލްސެންޓަރު އަދި ވޭސްޓް ޓްރާންސްފަރ ސްޓޭޝަބްތަކުން ޙިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލުގެންްނަން ނިންމައިފިއެވެ.

Ads by STELCO

ވެމްކޯއިން ނެރެފައިވާ ބަޔާނެއްގައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ވެމްކޯއިން ދެމުން ގެންދާ ޙިދުމަތްތަކަށް ބަދަލުގެންނަމުންދާކަމަށެވެ. އެގޮތުން ވެމްކޯގެ މުވައްޒަފުންގެ ސިއްޙީ ރައްކާތެރިކަމާއި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ކުނި ނެގުމާއި ކުނި އުކާލުމުގެ ޙިދުމަތައް ބުރޫނާރާނެފަދަ ގޮތަކަށް މަސައްކަތްތައް ބައްޓަން ކުރުމަށް އަންނަ މަހުގެ 1 އިން ފެށިގެން ގަޑިތަކަށް ބަދަލުގެންނަން ނިންމާފައިވާކަމަށެވެ.

ވެމްކޯއިން ބުނީ ކޯލް ސެންޓަރުގެ ޙިދުމަތް ލިބެން ހުންނާނީ ހެނދުނު 8:00ން ރޭގަނޑު 11:00 އަށް ކަމަށެވެ.

ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ޙިދުމަށް ދިނުމަށް ހަމަޖެހިފައިވާ ގަޑީތަކަކީ:

· މާލެ- ހެނދުނު 08:00 އިން މެންދަމު 03:00 އަށް

· ހުޅުމާލެ- ހެނދުނު 08:00 އިން މެންދަމު 01:30 އަށް

· ވިލިމާލެ- ހެނދުނު 08:00 އިން މެންދަމު 00:00 އަށް

· އައްޑޫ ސިޓީ (ގުޅިފައިވާ ރަށްތައް)- ހެނދުނު 08:00 އިން މެންދަމު 00:00 އަށް

· އައްޑޫ ސިޓީ - ހުޅުމީދޫ- ހެނދުނު 08:00 އިން ހަވީރު 16:00 އަށް

· ފުވައްމުލައް ސިޓީ- ހެނދުނު 08:00 އިން ރޭގަނޑު 23:00 އަށް

ވެމްކޯއިން ވަނީ ހިދުމަތް ހޯދާ ފަރާތްތަކުން މި ބަދަލުތަކަށް އިތުރަށް ސަަމާލުވުމަށް އިލްތިމާސްކޮށްފައެެވެ. ކޮވިޑް 19 އާއި ގުޅިގެން ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި މީހުން އެއްވެ އުޅޭ ހުރިހާތަނެއްވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ. އަދި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަަނީ އިއުލާނުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!