ދުނިޔެ

ކޯވިޑް19 އަށް ކުރާ ހުރިހާ ހަރަދެއް ސައުދީގައި ހިލޭ

ދެން އެމްވީ ، ދެން އޮންލައިން

ސައުދީ އަރަބިއާ ގައި ކޮރޯނާ ވައިރަސް ޖެހޭ މީހުނަށް އެގައުމުގައި ހިލޭ ފަރުވާ ދޭން އެ ސައުދީ ރަސްގެފާނު ސަލްމާން އަބްދުލް އަޒީޒް އަމުރުކުރައްވައިފިއެވެ. މީގެ ތެރޭގައި އެގައުމުގެ ރައްޔިތުންގެ އިތުރުން ފަތުރުވެރިންނާއި އެގައުމުގައި އުޅޭ ބޭރުގެ ރަށްވެހިންނާއި ކުށްވެރިން ވެސް ހިމެނެއެވެ.

Ads by WAMCO

މި އެންގުމާއެކު ސައުދީގައި ހުރި އެއްވެސް މީހެއްގެ ގައިން ވައިރަސް ފެނިއްޖެނަމަ ލަސްނުކޮށް އަދި ފަސްޖެހުމެއްނެތި ހޮސްޕިޓަލަށް ދިއުމަށް ސައުދީގެ ހެލްތު މިނިސްޓަރު ވަނީ އެދިފައެވެ.

ޕަބްލިކް ހޮސްޕިޓަލުތަކުގެ އިތުރުން ޕްރައިވެޓު ހޮސްޕިޓަލަކަށް ދެއްކި ނަމަވެސް މި ހިދުމަތްލިބިގެންދާނެ ކަންވެސް ސައުދީން ވަނީ ހާމަކޮށްފައެވެ. އެގޮތުން ވައިރަހުގެ އެއްވެސް ނިޝާނެއް ފެނި ވައިރަހަށް ޕޮސިޓިވް ވުމަށް ފަހު ބަލިން ރަނގަޅުވުމާއި ހަމައަށް ދާ ހުރިހާ ހަރަދެއް ސައުދީގެ ސަރުކާރުން ހަމަޖައްސައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ސައުދީގައި ވައިރަހުގެ 1299 ކޭސް ޕޮސިޓިވްވެފައިވާއިރު އެ ގައުމުގެ ސަރުކާރުން ދަނީ ވައިރަސް ކޮންޓްރޯލްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެގައުމުގެ ބައެއް ހިސާބުތަކުގައި ކާފިއު އިއުލާންކޮށް މީހުން އެއްވެ އެއްވުން އުޅުން ވެސް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ވެސް ހަރަމްފުޅު ހިމެނޭހެން ސައުދީގެ މިސްކިތްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ކޮރޯނާ ވައިރަސް ޖެހިގެން ސައުދީ އިން ވަނީ 8 މީހަކު މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!