ސިއްޙަތު

މާބަނޑު ދުވަސްވަރު އަވަސް އަވަހާ ކުޑަކަމުދާން ޖެހޭނަމަ ހައްލަކީ ކޮބާ؟

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބަލިވެ އިނުމާއި ގުޅިގެން އާންމުކޮށް ކުޑަކަމުދާންޖެހޭ މިންވަރަށްވުރެ ގިނައިން ކުޑަކަމުދާން ޖެހުމަކީ ވަރަށް އާންމުކަމެކެވެ. ބަލިވެއިންކަން އެނގުމުގެ ކުރިން ވެސް މާގިނައިން ކުޑަކަމުދާން ޖެހުމަކީ ވެދާނެ ކަމެކެވެ. އެހެނީ ބަލިވެ އިންކަން ކުރީކޮޅު އެނގޭ ނިޝާންތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން (މާގިނައިން ކުޑަކަމުދާން ޖެހުން) ހިމެނެއެވެ.

Ads by STELCO

އާންމުކޮށް މާގިނައިން ކުޑަކަމުދާން ޖެހުން ކުރިމަތިވަނީ ފުރަތަމަ 3 މަހާއި، ފަހު 3 މަހުގެ ތެރޭގައެވެ. ނުވަތަ މާބަނޑުވާތާ ކުރީކޮޅާއި، ވިހަން ކައިރިވެގެން އަންނަ ދުވަސްވަރުގައެވެ. މިކަން ބަލިވެ އިންނަތާ ކުރީކޮޅު ދިމާވެފައި، މެދުތެރެއިން ރަނގަޅުވެފައި، ދުވަސްފުރެން ކައިރިވުމުން އަލުން ދިމާވާގޮތް ވެއެވެ.

މާބަނޑު ދުވަސްވަރު ހޯރމޯންތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ގުރުދާ ގައި ލޭދައުރުކުރާ މިންވަރު %35ން %60އިންސައްތަ އަށް މަތިވެއެވެ. ގުރުދާގައި ލޭދައުރުކުރާ މިންވަރު އިތުރުކުރާ ވަރަކަށް ގުރުދާއިން ލޭފުރާނައި، ސާފުކޮށް، ކުޑަކަމުދާ ތަކެތި އުފެދޭ މިންވަރު ވެސް ވަރަށް ބޮޑަށް އިތުރު ވެގެންދެއެވެ.  ގިނަގިނައިން ނުވަތަ އިރުއިރުކޮޅާ ކުޑަކަމު ދާން ޖެހުމުގެ އަސްލަކީ މިއީއެވެ.

މާބަނޑު ދުވަސްވަރު އަވަސް އަވަހަށް ކުޑަކަމުދާން ޖެހޭނަމަ އެކަން ކުޑަކުރުމުގެ ގޮތުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ބައެއް ބަދަލުތައް ގެނެވިދާނެއެވެ. އެގޮތުން މި ތިރީގައި މިވަނީ އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން ކުޑަކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައްތަކެވެ.

  • ކޮފީ، ކޯލާ، ކަޅު ސައި، ފަދަ ކެފެއިން އެކުލެވޭ ބުއިންތަކާ ދުރުހެލިވުން.
  • ކުޑަކަމުދާ ވަގުތު ކުރިޔަށް ކުޑަކޮށް ލެބިލައި، ބާރުލައިގެން ނަމަވެސް މަސާނާ ރަގަޅަށް ހުސްކުރުން
  • ދުވާލު ގިނަގިނައިން ދިޔާތަކެތި ބުއިން
  • ރޭގަނޑު ތެދުވާން ޖެހޭނަމަ، އިރުއޮއްސޭ ފަހުން، ނުވަތަ އިރާކޮޅު މާގިނައިން ދިޔާތަކެތި ނުބުއިން
  • ހެދުނާއި މެންދުރުފަހު ގިނައިން ދިޔާތަކެތި ބޭނުން ކުރުން
  • ޚާއްޞަ ކަސްރަތެއްކުރުން : މާގިނައިން ކުޑަކަމުދާންޖެހުން ކުރިމަތިވާނަމަ ''ކީޖެލް އެކްސަސައިޒް'' އޭ ކިޔޭ ކަސްރަތެއް ކުރެވިދާނެއެވެ.

މަސްދަރު: ސިއްހަތު ބްލޮގް

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!