ބޯޓަކުން ފަޅުވެރިއަކުން ގެއްލިގެން ހޯދަނީ

ބޯޓަކުން ފަޅުވެރިއަކު ކަނޑަށް ގެއްލިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުން ފަށައިފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ގެއްލިގެން ހޯދަނީ އައްޑޫ ސިޓީން ފުރައިގެން މާލެ ދަތުރުކުރި ސީމެކްސް ބޯޓުގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ ފަޅުވެރިއެއް ކަމަށްވާ ރާޖް ކުމާރު ކަމަށެވެ.
ފުލުހުން ބުނީ، ރާޖް ކުމާރު ބޯޓުގައި ނެތްކަން އެނގިފައިވަނީ އައްޑޫއާ ފުވައްމުލަކު ސިޓީއާ ދެމެދު ކަނޑުމަތިން ކަމަށެވެ.
"ފުވައްމުލަކު ސިޓީއާ 8 މޭލަށް ކައިރިވެފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބޭ" ފުލުހުންގެ މެސެޖުގައި ބުންޏެވެ.
ފުލުހުން ބުނީ، އެ ބޯޓު އައްޑޫ ސިޓީން ރޭ 11:30 ހާއިރު ފުރިއިރު ރާޖް ކުމާރު ބޯޓުގައި ހުރި ކަމަށެވެ. އަދި ރޭ 1:15 ހާއިރު ކެޕްޓަނާ ވާހަކަ ދެއްކިކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށެވެ.
އޭނާ ގެއްލުނު މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.