Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

ކޯވިޑް19: ރަނގަޅަށް ދޮންނަނަމަ ލާ ހެދުމުން ކޮރޯނާ ވައިރަސް ނުޖެހޭނެ

ލާ އަންނައުނުތައް ބަރާބަރަށް ދޮންނަނަމަ އަންނައުނުގެ ޒަރިއްޔާއިން ކޯވިޑް 19 ފަތުރާ ވައިރަސް ނުޖެހޭނެ ކަަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ވައިރޮޖޮލިސްޓް އެއް ކަމަށްވާ ޕްރޮފެސަރ ސަޗާ ސްޓެލްޒަރ ބްރެއިޑް ޑެއިލީ މެއިލް އަށް ދިން އިންޓަވިއުއެއްގައި ބުނީ ލާން ގެންގުޅޭ އަންނައުނުތައް ބަރާބަރަށް ދޮންނަނަމަ ކޯވިޑް 19 ފަތުރާ ވައިރަސް މަރުވާނެ ކަމަށެވެ. އެއްޗެހި ދޮވެފައި، 56 ޑިގްރީ ސެލްސިއަސްގައި ހިއްކަންޏާ ކޯވިޑް 19 ޖައްސާ ވައިރަސް އެއްކޮށް ނައްތަލާނެ ކަމަށާއި 56 ޑިގްރީ ސެލްސިއަސްގައި ހިއްކުމަށްފަހު އިތުރަށް ހޫނުފެނުން ދޮންނަން ނުޖެހޭނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޔޫއެސްގެ ނެޝަނަލް ލައިބްރަރީ އޮފް މެޑްސިން އިން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ކޯވިޑް 19 ފަތުރާ ވައިރަސް މަރުވާ ޓެމްޕްރޭޗަރ އަކީ 56 ޑިގްރީ ސެލްސިއަސްއެވެ.

Advertisement
Allied — Dhen Online (box)

ދުނިޔޭގެ އެކިކަންކޮޅުތަކުން 7 ލައްކައަށްވުރެ ގިނަ މީހުންނަށް މިހާތަނަށް ކޮވިޑް19 ވައިރަސް ޖެހިފައިވެއެވެ. އެބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 28000 އަށްވުރެ ވަނީ އިތުރުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް