ޚަބަރު

ޤުރުއާން ކިޔެވުމުގެ ޗެލެންޖް: ޣައްސާން ވެސް ބައިވެރިވެވަޑައިގެންފި ، ކިޔެވުން ވަރަށް ރީތި!

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފެއްޓެވި ޤުރުއާން ކިޔެވުމުގެ ޗެލެންޖުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވެސް ބައިވެރިވެ ވަޑައިގެންފިއެވެ.

ކޮވިޑް19 އާއި ގުޅިގެން އާންމުން ގޭގައި ތިބެން ޖެހުމުން ކުރާނެ ކަމެއްގެ ގޮތުގައި ޑރ.ޝަހީމް ފެއްޓެވި ޤުރުއާން ކިޔެވުމުގެ ޗެލެންޖުގައި ބައިވެރިވެ ޣައްސާން ކިޔަވާ ވިދާޅުވެފައިވަނީ ސޫރަތުލް ޙަސްރުގެ ފަހު އާޔަތްތަކެވެ.

ޣައްސާންގެ ކިޔެވުން އާންމު ކުރައްވަމުން ޑރ.ޝަހީމް ވިދާޅުވެފައިވަނީ ޣައްސާނާއި މެދު ފަޚުރުވެރި ވަޑައިގަންނަވާ ކަމަށާއި ކިޔެވުން ވަރަށް ފުރިހަމަ ކަމަށެވެ.

''އަޚް ޣައްސާނާއި މެދު ފަޚުރުވެރިވަން ، މިއީ ޣައްސާނު ކިޔެވުން އަޑުއެހި ފުރަތަމަ ފަހަރު، މާޝާﷲ ، ވަރަށް ފުރިހަމަ ، ﷲ ތިބާއަށް ހެޔޮ ޖަޒާ މިންވަރު ކުރައްވާށި!'' ޝަހީމް ވިދާޅުވެފައިވެއެވެ.

Ghassaan Maumoon ge kiyavaa vidhaalhuvun..

Posted by Dr. Mohamed Shaheem Ali Saeed on Tuesday, March 31, 2020

ޑރ.ޝަހީމް ފެއްޓެވި ޤުރުއާން ކިޔެވުމުގެ ޗެލެންޖަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. އެކި އުމުރުފުރާ ތަކުގެ ވަރަށް ގިނަ ދިވެހިން މި ޕްރޮގްރާމްގައި ބައިވެރިވެ ޤުރުއާން ކިޔަވާފައިވާއިރު މަޝްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކް ވެސް ވަނީ ޝަހީމްގެ މި ޕްރޮގްރާމްގައި ޤުރުއާން ކިޔަވާ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!