ޑޭރާ އައްލާ ޔާރުގައި ހިނގި ބޮން ހަމަލާއަށް ބީއާރުޖީ ޒިންމާ ނަގައިފި

"މިނިވަންކަމަށް ތާއީދުކުރާ" ހަތިޔާރު އެޅި ގްރޫޕެއް ކަމުގައިވާ ބަލޫޗް ރިޕަބްލިކަން ގާޑްސް (ބީއާރުޖީ) އިން ޖަފަރާބާދު ޑިސްޓްރިކްޓްގެ ޑޭރާ އައްލާ ޔާރުގައި ޕާކިސްތާނުގެ ބާރުތަކަށް އަމާޒުކޮށް ދިން ހަމަލާގެ ޒިންމާ ނަގައިފި އެވެ.
ބީއާރުޖީއިން މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި، ދޮސްތައިން ބަލޫޗް ބުނީ އެ ގްރޫޕްގެ ހަނގުރާމަވެރިން ބުރާސްފަތި ދުވަހުގެ ރޭ މަސް މާރުކޭޓް ސަރަހައްދާ ކައިރިން ރިމޯޓް ކޮންޓްރޯލްކޮށްގެން ގޮއްވާލުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.
އައިއީޑީއެއް (އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް) ބޭނުންކޮށްގެން އެ ސަރަހައްދު ގޮއްވާލުމުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ދެ އަސްކަރީ މީހުން މަރުވެފައިވާ ކަމަށްވެސް ދޮސްތައިން ބުންޏެވެ.
މި ހަމަލާއާ ގުޅޭގޮތުން ޕާކިސްތާނުގެ އިސް ފަރާތްތަކުން އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެ އެވެ.