އިންޑިއާގެ އެޖެންޓުންތަކަކާ ގުޅިގެން ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލަން އުޅުނު: ވޮޝިންގްޓަން ޕޯސްޓް
އިންޑިއާގެ އެޖެންޓުންތަކަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން އުޅުނުކަމަށް އެމެެރިކާގެ ނޫސް ވޮޝިންގްޓަން ޕޯސްޓުން ބުނެފި އެެވެ.
ވޮޝިންޓަން ޕޯސްޓްއިން މިއަދު ޝާއިއުކުރި ލިޔުމެއްގައި ބުނީ ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރި ގޮތާ ގުޅޭ ގޮތުން "ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް"ގެ ނަމުގައި ތައްޔާރުކުރި ލިޔުމެއް އެ ނޫހަށް ލިބިފައިވާ ކަމަށެެވެ،
ރައީސް މުއިއްޒުގެ ވެރިކަން ފެށުނު ދުވަސްވަރު އިންޑިއާއާއި ރާއްޖޭގެ ގުޅުން އޮތީ ވަރަށް ގޯސްކޮށެވެ. އަދި އެމެނިކުފާނު ނުސީދާކޮށް ވެސް އިންޑިއާއާ ދެކޮޅަށް ބަހުގެ ހަމަލާތަކެއް ދެއްވި އިރު ވެރިކަމަށް ވަޑައިގެންނެވި އިރުވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެކަމަށް އޮތީ ވިދާޅުވެފަ އެވެ.
ވޮޝިންގްޓަން ޕޯސްޓުން ބުނެފައިވާ ގޮތުން އިންޑިއާގެ ޖާސޫސީ އިދާރާ، ރޯ ގެ އެެޖެންޓުން މިދިޔަ ޖެނުއަރީ މަހު ދިޔައީ ރައީސް މުއިއްޒު ވެރިކަމުން ބާލަން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުން ނެވެ.
އަދި މަދު ހަފްތާގެ ތެރޭގައި އެކަން ހާސިލުކުރުމަށް ޕްލޭންއެއް އެކުލަވާލި ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.
އެ ޕްލޭންގައި ރައީސް މުއިއްޒު މަގާމުން ދުރުކުރަން އެކި ފަރާތްތަކަށް ޖުމްލަ 87 މިލިއަން ރުފިޔާ ރިޝްވަތު ދިނުމަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ޕީއެންސީގެ މެމްބަރުން ހިމެނޭ ގޮތަށް މަޖިލީހުގެ 40 މެމްބަރުންނާއި ސިފައިންގެ 10 މީހަކަށާއި އަދި ވަރުގަދަ ތިން ގޭންގެއް ހިމެނެ އެވެ.
ސިއްރު ބައްދަލުވުންތަކެއް ބާއްވާތާ މަސްތަކެއްވި އިރު ވެސް މުއިއްޒު މަގާމުން ދުުރުނުކުރެވުމުން އިންޑިއާއިން އެ މަސައްކަތް ހުއްޓާލި ކަމަށް ވޮޝިންގްޓަން ޕޯސްޓުން ބުނެފައިވެެ އެވެ.
ވޮޝިންގްޓަން ޕޯސްޓުގައި ވަނީ އިންޑިއާގެ ޕްލޭންއާ ގުޅޭ ގޮތުން ރައީސް މުއިއްޒުގެ އާާއިލާގެ މެމްބަރެއްގެ ބަސް ވެސް ހޯދައިފަ އެވެ. ނަމަވެސް އެ ފަރާތުގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.
އެގޮތުން ރައީސްގެ އާއިލާއާ ހަވާލާދީ ނޫހުން ބުނިގޮތުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތްތާ ދެ މަސް ފަހުން އެމެރިކާގައި ހުންނަ އިންޑިއާގެ އެމްބަސީގައި ގާއިމުވެ ހުރި ރޯގެ އޮފިސަރެއް މަޝްވަރާތަކެއް ކުރި ކަމަށެވެ. އޭނާ އެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ރާއްޖެ ވިޔަފާރިވެރިންނާ ގުޅުން އޮންނަ ޝިރީޝް ތޮރާޓްއާއި ސޭވިއޯ ރޮޑްރިގޭޒް ނަމަކަށް ކިޔާ މީހަކާއެކު ކަމަށް ވެސް ވެ އެވެ.
ޝިރީޝްއާއި ރޯގެ އޮފިސަރާ ދެމެދުކޮށްފައިވާ ކޯލްތަކުގެ ރެކޯޑިންތަކެއް ވެސް ރައީސްގެ އާއިލާއިން ވޮޝިންގްޓަން ޕޯސްޓަށް ފޯރުކޮށްދިން ކަމަށް ވެސް ނޫހުގައި ބުނެފައިވެ އެވެ.
އެ މައްސަލައިގައި ވޮޝިންގްޓަން ޕޯސްޓުން ވަނީ ތޮރާޓްއާއި ސޭވިއޯ ރޮޑްރިގޭޒްއާ ގުޅުމުން ރައީސް މުއިއްޒު ވެރިކަމަށް ދުރުކުރަން މަސައްކަތްކުރި ކަމަށް އެއްބަސްވި ކަމަށްވެސް ރިޕޯޓްގައި ބުނެފައި އެވެ. ނަމަވެސް އެ ދެ މީހުންވެސް ޕްލޭންގެ ތަފްސީލު ހިއްސާއެއް ނުކުރެ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވާޙަކަ ދައްކަން ދެކޮޅު ހެދިއިރު ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލްވެސް އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުމެއް ނުވި އެވެ.
ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓްގައިވާ ގޮތުން ރައީސް މުއިއްޒު ވެރިކަމުން ދުރުކުރަން ބައެއް ރޯގެ އޮފިޝަލުންގެ މެދުގައި ވެސް އޮތީ ހިޔާލުތަފާތުވެފަ އެވެ.
އެގޮތުން އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ މުއިއްޒު ވެރިކަމުން ދުރުކުރުމުން ރާއްޖޭގައި ދީނީ ހައްދު ފަހަނަ އަޅާއިދިއުން ވެސް އިތުރުވެގެން ހިނގައިދާނެ އެވެ.