މުސްލިމުންގެ ތަރިކައިން ގައިރު މުސްލިމުންނަށް ބައެއް ނުލިބޭނެ: ޕާކިސްތާނު ހައިކޯޓު

މުސްލިމުންގެ ތަރިކައިން ގައިރު މުސްލިމުންނަށް އެއްވެސް ބައެއް ނުލިބޭނެ ކަމަށް ޕާކިސްތާނުގެ ޝަރުއީ ކޯޓުތަކުން ނިންމައިފި އެވެ.
މިމައްސަލަ ކޯޓަށް ހުށަހެޅުނީ ޕާކިސްތާނުގައި ދިރިއުޅޭ ގާއިރު މުސްލިމެއް، އޭނާގެ މުސްލިމް ބައްޕަގެ ތަރިކައިން ބައެއް ލިބެންޖެހޭނެ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ނަމަވެސް ކޯޓުން ނިންމީ، އިސްލާމީ ޝަރީއަތުގައި މުސްލިމުންގެ ތަރިކައިން ގައިރު މުސްލިމުންނަށް އެއްވެސް ބައެއް ނުލިބޭނެ ކަމަށެވެ.
މިނިންމުމާއެކު، ޕާކިސްތާނުގައި މުސްލިމުންނާއި ގައިރު މުސްލިމުންގެ ދެމެދުގައި އޮންނަ ތަރިކައިގެ މައްސަލަތަކަށް އިތުރު ސާފުކަމެއް ލިބިގެންދާނެ ކަމަށް ގާނޫނީ މާހިރުން ދެކެ އެވެ. އަދި މިއީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ނިންމި ނިންމުމެއް ކަމަށްވެސް އެފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ.