ޚަބަރު އިޖުތިމާޢީ

ރާއްޖޭގެ ބޮޑު ބަޔަކަށް ނެރުނު އޮރެންޖް އެލާޓް ދަންމާލައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މިދިޔަ ހުކުރު ދުވަހު މާލޭގައި ފެންބޮޑުވެފައި / ފޮޓޯ: މާލެ ސިޓީ ކައުންސިލް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުމާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު އޮރެންޖް އެލާޓް ދަންމާލައިފި އެވެ.

Ads by STELCO

މެޓް އޮފީހުން އޮރެންޖް އެލާޓް ނެރުނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. އެ އެލާޓް ނެރެފައި ވަނީ މެންދުރުފަހު ތިނަކުން މިރޭ ހަތަކަށެވެ.

އެލާޓުގެ ވަގުތު ހަމަވުމާ ގާތްވެފައިވަނިކޮށް އެ އިދާރާއިން ވަނީ ވަގުތު އިތުރަށް ދަންމާލާފަ އެވެ. މިރޭގެ އެގާރަ ޖެހުމާ ހަމައަށް އެ ސަރަހައްދަށް މެޓް އޮފީހުން އެލާޓް ނެރުނީ ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށްފަ އެވެ.

އޭގެ އިތުރުން ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ވައިޓް އެލާޓް ވަނީ ނެރެފަ އެވެ. މެޓުން ބުނީ އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 11:30 އާ ހަމައަށް ކަމަށެވެ.

ބޯކޮށް ވާރޭވެހުމާއި އުދައެރުމުގެ ސަބަބުން މިހާތަނަށް 6 ރަށެއްގައި ފެންބޮޑުވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފަ އެވެ.

އެ ރަށްތަކުގެ އިތުރުން އިތުރު ރަށްތަކުގައި ވެސް ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!