ދުނިޔެ

90 އަހަރު މީހެއް މަރުވަމުން ކުރި ވަސިއްޔަތް: އަހަރެންގެ ވެންޓިލޭޓަރ ޒުވާން ކުއްޖަކަށް ދީ

ދެން އެމްވީ ، ދެން އޮންލައިން

ކޯވިޑް 19 ޖެހިގެން ބެލްޖިއަމްގައި ހާލު ސީރިއަސްވި އުމުރުން 90 އަހަރުގެ އަންހެނަކު ވެންޓިލޭޓަރ އެއް ބޭނުން ކުރުމަށް ދެކޮޅު ހަދާ، އެ ވެންޓިލޭޓަރުން ޒުވާން ކުއްޖަކަށް ފަރުވާ ދިނުމަށް އެދެފިއެވެ.

Ads by Sosun Fihaara

ބިންކޮމްގައި ދިރިއުޅޭ ސުޒޭން ހޮއެލައާޓްސް ނަމަކަށްކިޔާ މީހާ މިމަހުގެ 20 ވަނަ ދުވަހު ހޮސްޕިޓަލަށް ގެނެސް އެޑްމިޓްކުރީ ކޯވިޑް 19 ޖެހިގެން ހާލު ވަރަށް ސީރިއަސް ވުމާއި ގުޅިގެންނެވެ. ކޯވިޑް 19 އަކީ ދުނިޔެއަށް ބަލިމަޑުކަމެއް ކަމަށް އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ހޮސްޕިޓަލުތަކުން ދަނީ ވެންޓިލޭޓަރުތައް މަދުވުމުން އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސުޒާން ކޯވިޑް 19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ނޭވާލަން ދަތިވުމުގެ ސަބަބުން ވެންޓިލޭޓަރެއްގެ އެހީގައި ނޭވާލެވޭނެ ގޮތް ހެދުމަށް ޑޮކްޓަރުން މަސައްކަތް ކުރުމުން އޭނާ ވަނީ ތަކުރާރުކޮށް އެކަމަށް އިންކާރުކޮށްފައެވެ. ސުޒާން ބުނަމުން ދިޔައީ އޭނާ އުޅުނީ ވަރަށް ރަނގަޅު ދިިރިއުޅުމެއް ކަމަށާއި، ވެންޓިލޭޓަރެއްގެ އެހީގައި ދުނިޔޭގައި ހުންނަން ބޭނުންނުވާ ކަމަށެވެ. އަދި އެ ވެންޓިލޭޓަރުން އޭނާއަށް ފަރުވާ ދިނުމުގެ ބަދަލުގައި، އެއިން ޒުވާން ކުއްޖަކަށް ފަރުވާ ދިނުމަށްވެސް އެދުނެވެ.

ސުޒާން މަރުވީ ދެދުވަސް ވަންދެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިމަހުގެ 22 ވަނަ ދުވަހެވެ. ސުޒާންގެ ދަރިފުޅު ޖުޑިތު ބުނީ، މަންމަ މަރުވުމުގެ ކުރިން އަލްވަދާއު ކިޔާ އެންމެ ފަހު ފަހަރަށް މޫނު ބަލާލުމުގެ ފުރުސަތުވެސް ނުލިބުނު ކަމަށެވެ.

ބެލްޖިއަމްގައި ކޯވިޑް 19 ޖެހިގެން މިހާތަނަށް ވަނީ 705 މީހުން މަރުވެފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ކޯވިޑް 19 ޖެހުނު މީހުންގެ އަދަދު 7 ލައްކައަށްވުރެ މަތިވެފައިވާއިރު، ބަލިޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 40000 ހާހަށް އަރާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!