މައުމޫންގެ ހާލުކޮޅު މިހާރު ވަރަށް ރަނގަޅު: އާއިލާ
އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު މިހާރު ވަރަށް ރަނގަޅު ކަމަށް އެމަނިކުފާނު އާއިލާއިން ބުނެފިއެވެ.
ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ އެމަނިކުފާނުގެ ހާލުކޮޅު އެހެން ދުވަސްތަކަށްވުރެ މާބޮޑަށްވެސް ރަނގަޅު ކަމަށެވެ.
"ރައީސް މައުމޫންގެ ހާލުކޮޅު މިއަދު އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު. ރައީސް މައުމޫނަށް ފަރުވާ ދެއްވަމުން ގެންދަވާ އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި، ނަރުހުންގެ ޓީމަށް ޝުކުރު ދަންނަވަން" ޔުމްނާ ވިދާޅުވިއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު މައުމޫން ހޮސްޕިޓަލުގައި އެޑްމިޓްކުރީ ރޯގާ ދިިގުލާތީ ޓެސްޓުތައް ހަދައިި ފަރުވާ ދިނުމަށެވެ.
Ads by Allied Insurance