ޚަބަރު

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ޝުޢައިބު އެކަހެރި ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސަރުކާރު ހިންގާ މައި ޕާޓީ ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެކްޓިކް ޕާޓީ (އެމްޑީޕީ) ގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބް މުގައްރިރު ކަމުންނާއި މެމްބަރުކަމުން ޝުޢައިބު ޢަލީ އެކަހެރި ކޮށްފި އެވެ.

Ads by STELCO

އެމްޑީޕީން ބުނިގޮތުގައި ޝުޢައިބު އެކަހެރި ކޮށްފައިވަނީ ފިޔަވަޅުއަޅާ ކޮމެޓީއަށް ހުށަހަޅި، އަދި ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެކަމުގެ ތަފްސީލެއް އެމްޑީޕީން ނުދެއެވެ.

އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ޝުޢައިބު އެކަހެރި ކޮށްފައި މިވަނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އާއި މެދު ފިޔަވަޅު އަޅާ ދިނުމަށް އެޕާޓީގެ ޗެއާޕަރސަން ޙަސަން ލަތީފު އަރިހުން އެދިވަޑައިގެންފައި ވަނިކޮށެވެ. އަދި އެކަމާއި ޙަސަން ލަތީފު ދެކޮޅު ހައްދަވާފަދަ މޭރުމަކުން ވާހަކަ ދެއްކެވުމުން، ޙަސަން ލަތީފު އާއިމެދު ފިޔަވަޅު އަޅައި ދިނުމަށް އެދި ޝުޢައިބު ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އަރިހުން ވެސް އެދިވަޑައިގެންފައެވެ.

ޝުޢައިބު ތުހުމަތު ކުރައްވާފައިވަނީ ރައީސް ޞާލިހާއި ދެކޮޅަަށް ބަޣާވާތެއް ކުރައްވަން ޙަސަން ލަތީފު މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ޗެއާޕާސަން ކަމުން ހަސަން ލަތީފް ވަކި ކޮށްދިނުމަށް އެ ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުވާފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!