ދުނިޔެ

މިއީ ވަރަށް ތޫނުފިލި ރާމާމަކުނެއް: ނިދާފަ އޮތް މީހެއްގެ ފޯނެއް ވަގަށް ނަގައި، ނެގީ ސެލްފީއެއް.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މެލޭޝިޔާގެ ސަރަހައްދެއްގައި ދިރިއުޅޭ މީހެއް ނިދާފައި އޮއްވާ އެމީހާގެ ފޯނު ރާމާމަކުނެއް ވަގަށް ނެގުމަށްފަހު ސެލްފީއެއް ނަގައިފިއެވެ.

Ads by WAMCO

20 އަހަރުގެ މެލޭޝިއާ މީހަކަށް މިކަން އެނގުނީ އޭނާ ނިދާ ހޭލި ވަގުތު އޭނަގެ ފޯނުގައި ރާމާމަކުނެއް ސެލްފީ ނަގާފައިވާ ފޮޓޯތަކެއް ފެނުމުން ކަމަށް ޓީއެންއެން އިން ބުނެފައި ވެއެވެ.

ޒެކްރީޑްޒް ރޮޑްޒީނަމަކަށް ކިޔާ މި ފިރިހެން ކުއްޖާ މިމަހުގެ 11 ވަނަ ދުވަހު ނިދުމުގެ ކުރިން ބާލީސް ކައިރީގައި ފޯނު ބޭއްވި ކަމަށާއި އަދި ނިދާހޭލި ވަގުތު ފޯނު ބާލީސް ކައިރީގައި ނެތުމުން ފޯނު ޓުރެކު ކުރީ ކަމަށް އޭނާ ބުންޏެވެ.

ފޯނު ޓުރެކު ކުރުމުގައި، އެނގުނީ ފޯނު އޮތީ ޖަންގަލި ތެރޭގައި ރުކެއް ދޮށުގައި ކަމަށެވެ. އަދި އެވަގުތު އޭނާގެ ބައްޕަވެސް ފޯނު ރިންގުވާ އަޑު އިވޭތޯ ކެނޑިނޭޅި ގުޅަމުން ދިޔަ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ހަމައެއާއިއެކު އެވަގުތު އޭނަ ބައްޕަ މަޖަލަކަށް ފޯނުގެ ގައި ވަގަށް ނެގި މީހާގެ ސްލްފީއެއް ވެސް އިނދެ ދާނޭ ބުނުމުން މާބޮޑު ސީރިއަސް ކަމެއް ނެތި ބަލާލި ކަމަށާއި، ބެލިއިރުގައި ފޯނުގައި ހުރީ ރާމާމަކުނެއްގެ ސެލްފީތަކެއް ކަމަށް ވެއެވެ.

މީގެތެރެއިން ގިނަފޮޓޯ ތަކަކީ އެހާ ސާފު ފޮޓޯތަކެއް ނޫން ކަމަށާއި، އޭނާ އޭނަގެ ރައްޓެހިންނަށް އެ ފޮޓޯ ތައް ދައްކާފައިވާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. އަދި މި ފޮޓޯތައް މީސްމީޑިއާއަށް ލުމުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

އަދި ފޯނުގައި ނެގިފައިވާ ވީޑިއޯ ކޮޅަކުން އެނގުނު ގޮތުގައި ފޯނު ކާލަން ވެސް ރާމާމަކުނު މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. ބެލެވޭ ގޮތުގައި ރާމާމަކުނު ކޮޓަރިއަށް ވަދެފައި ވަނީ ކުޑަދޮރުން ކަމަށް އޭނަގެ އާއިލާއިން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!