ޚަބަރު

ގުރްއާނަށް ލޯބި ޖެއްސުމަށް އަލީ ރަމީޒުގެ ހާއްސަ ޕްރޮގްރާމެއް ކުޑަކުދިންނަށް!

ދެން އެމްވީ ، ދެން އޮންލައިން

ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމަށް ކުޑަކުދިންގެ ހާއްސަ ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށް އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

Ads by STELCO

"ކްލެވަރ ކިޑްސް" ގެ ނަމުގައި ފަށާ މި ޕްރޮގްރާމަކީ ޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމަށާއި އެކުދިންނަށް ހިތްވަރު ދިނުމުގެ މަޤްސަދުގައި އަލީ ރަމީޒުގެ ޔޫޓިއުބް ޗެނަލްއިން މެދުވެރިކޮށް ފަށާ ޕްރޮގްރާމެއްކަމަށް އޭނާ މީސް މީޑާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

"ދި އިސްލާމް" އަށް މައުލޫމާތު ދެއްވަމުން އަލީ ރަމީޒު ވިދާޅުވީ މި ޕްރޮގްރާމް ދެ މަސް ދުވަސް ވަންދެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި މިޕްރޮގްރާމްގައި ބައިވެރިވެވޭނީ 10 އަހަރުން ދަށް އުމުރުފުރާގެ ކުދިންނަށް ކަމަށެވެ.

އަދި މިޕްރޮގްރާމްގައި ކުދިން ބައިވެރި ކުރަން ބޭނުންވާ ފަރާތްތަކުން ތުއްތު ކުދިންގެ ޤުރުއާން ކިޔެވުމާއި އަދި ދުޢާ ކިޔުން ލޭންޑްސްކޭޕް ކޮށް ވީޑިއޯ ރިކޯޑް ހެއްދެވުމަށް ފަހު އޭނާގެ ޓެލެގްރާމް އެކައުންޓަށް ފޮނުއްވައި ދެއްވުން އެދޭ ކަމަށް އަލީ ރަމީޒް ވިދާޅުވިއެވެ. އަދި ރިކޯޑިން 1މިނެޓަށް ވުރެ ދިގު ނުކުރެއްވުމަށް އެދިފައިވެއެވެ.

އަދި މިކަމަށް ތުއްތު ކުދިންގެ މައިންބަފައިންގެ އެއްބާރުލުމާއި ތަރުޙީބު ލިބޭނެކަމަށް އުއްމީދު ކުރަށްވާކަމަށް އަލީ ރަމީޒް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!