ޚަބަރު

ޒަހަމްތަކަކާއެކު މަގުމަތީގައި އޮތް މީހަކު ފެނިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާލެ ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ:ދެން އިމޭޖްސް

މާލޭގައި ހުންނަ ސެނަހިޔާ ހޮސްޕިޓަލު ކައިރިން ޒަހަމްތަކަކާއެކު ވެއްޓިފައި އޮތް މީހަކު ފެނިއްޖެ އެވެ.

Ads by MPL

މީޑިއާތަކަށް ދެންމެ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ޒަހަމްތަކަކާއެކު ފެނުނީ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މައްސަލައިގެ ރިޕޯޓް ލިބިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅޭ އިތުުރު ތަފްސީލެއް ހިއްސާއެއް ނުކުރެ އެވެ. އެއީ ކިހިނެއް ހިނގިކަމެއް ކަމެއްވެސް ނުބުނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!